ބީއެމްއެލް އިން އިސްލާމިކް ބޭންކިން ތައާރަފްކޮށްފި

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ ގެ ހިދުމަތް ތައާރަފްކޮށްފި އެވެ. އެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އިސްލާމިކް މިނިސްޓާ ޑޜ މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިއަދު...

22 Jan 2015 | 08:29

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް އިން އިސްލާމިކް ބޭންކިންގ ގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްދެއްވީ އިސްލާމިކް މިނިސްޓާ ޑޜ މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިއަދު ތައާރަފްކުރެވުނު އިސްލާމިކް ބޭންކިންގ ގެ ހިދުމަތް އަދި އެއްކޮށް ދޭން ނުފަށައެވެ.

ބީއެމްއެލްއިން ބުނީ އަދި އިސްލާމިކް ބޭންކިންގ ގެ ހިދުމަތް ދެމުން ދެމުންދަނީ އަމިއްލަ އެކައުންޓް ތަކަށް ކަމަށާއި ކުރިޔަށް އޮތްތާ ވެރިޔަވާޜިވެރިންނަށް ވެސް ފުޅާ ކުރާނެ ކަމަށެވެ.

އިސްލާމިކް ބޭންކިންގެ ދަށުން ބީއެމްއެލްއިން 200 ރުފިޔާއަށް އެކައުންޓުތައް ހުޅުވޭއިރު އެ އެކައުންޓުތަކުން ވިސާ ޑެބިޓް ކާޑުގެ ހިދުމަތާއި ދިވެހި ރުފިޔާއާއި ޑޮލަރުން މުއާމަލާތް ކުރުމުގެ އިތުރުން އެހެނިހެން ގިނަ ހިދުމަތްތައް ލިބިގެންދެ އެވެ.

ބީއެމްއެލްއިން އިސްލާމިކް ބޭންކިންގެ ހިދުމަތް މިއަދު ތައާރަފްކޮށްފައިވާއިރު ބޭންކް އޮފް މޯލްޑިވްސް އިން ރުފިޔާ އެކައުންޓާއި ޑޮލަރު އެކައުންޓްގެ ފީތައް ވަނީ މި މަހުން ފެށިގެން ބޮޑުކޮށްފަ އެވެ.

މައުލޫމާތު ލިބޭގޮތުގައި މިގޮތަށޤ ބަދަލު ގެނައީ ބޭންކުގެ ބްރާންޗުތަކުން ހިދުމަތް ހޯދަން ދާ މީހުންގެ އަދަދު މަދުކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް