މުންނާރުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިއްޖެ

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ކުރިޔަށް ގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ. ހެރިޓޭޖް ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް އެނ...

22 Jan 2015 | 06:34

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ކުރިޔަށް ގެންދާ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފި އެވެ.

ހެރިޓޭޖް ޑިޕާޓްމަންޓުގެ ޕްރޮޖެކްޓް އެންޑް އިންފޮމޭޝަން އޮފިސާ އާސިޔަތު މުހައްމަދު ވިދާޅުވީ އިއްޔެގެ ނިޔަލަށް ފުރަތަމަ ފިޔަވަހީގެ ދަށުން ކުރަން ނިންމާފައިވާ މަސައްކަތްތައް ނިންމާލާފައިވާ ކަމަށެވެ. އާސިޔަތު ވިދާޅުވީ ފުރަތަމަ ފިޔަވަހީގެ ދަށުން މުންނާރުގެ އާބާތުރަ ފިލުވުމުގެ ގޮތުން އުވަ ކެހުމާއި ދޮވުމުގެ އިތުރުން އުވަޖަހައި އަލުން ކުލަލާންޖެހޭ ތަންތަނުގައި ކުލަ ލުން ކަމަށެވެ.

އެ މަސައްކަތް ހެރިޓޭޖް ޑިޕާޓްމަންޓުން ކޮށްފައިވަނީ ވިލެޖް ކޮންސްޓްރަކްޝަނާއި އާރުކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން އެސްޓީއޯގެ އެހީތެރިކަމާއި އެކު ގައި އެވެ.

ހެރިޓޭޖު ޑިޕާޓްމަންޓުން ބުނީ މުންނާރުގެ އާބާތުރަ ފިލުވުމުގެ ދެވަނަ އަދި ތިން ވަނަ ފިޔަވަހީގެ މަސައްކަތް މިއަހަރު ތެރޭ ކުރިޔަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތުގެ ދަށުން މުންނާރުގެ އެތެރެ ސާފުކޮށް އެތެރޭގައި ހުރި މަރާމާތާއި އާބާތުރަ ފިލުވާނެ އެވެ.

އެންމެ ފަހުން މުންނާރުގެ އާބާޓުރަ ފިލުވާފައިވަނީ 2013 ވަނަ އަޖަރު އެވެ.

ހެރިޓޭޖުން ބުނެފައިވަނީ މާލޭ ހުކުރު މިސްކިތަކީ ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމުގެ މަޝްރޫއުގައި ހިމެނޭ މިސްކިތެއްގެ އިތުރުން ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓުގައި ހިމެނިފައިވާ މިސްކިތެއް ކަމަށެވެ. އެހެންކަމުން މިސްކިތުގެ އެއްވެސް މަރާމާތެއް ކުރިޔަށް ގެންދެވޭނީ ޔުނެސްކޯގެ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް