ރާއްޖޭގައި އާންމު ނޫން ބާރުގަދަ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ކްރިސްޓަލް މެތް" ރާއްޖެއިން ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަލެތީގެ ބާރުގަދަ ބާވަތެއް ކަަމަށްވާ "ކްރިސްޓަލް މެތް" ފެނިފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މ. އެރޯވިލާއިން ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން މ. އެރޯވިލާގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، ކްރިސްޓަލް މެތްގެ އިތުރުން ހެރޮއިން ކަމަށް ތުހުމަތު ކުރެވޭ މަސްތުވާތަކެއްޗާއެކު 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވެ އެވެ.
އެ މައްސަލައިގައި އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހާދީފައިފަ އެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި މީހާއަކީ 2003 ވަނަ އަހަރުގެ ޖުލައި މަހު މާލޭގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވެ، ސަރުކާރުގެ އިމާރާތްތަކާއި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވުމާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މައާފުދީ ޖަލުން މިނިވަންކޮށްފައިވާ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް