ޖަޕާނުން ފޯރުކޮށްދޭ އެހީތަކާއި ގުޅޭގޮތުން ރާއްޖެއާއި އެކު މަޝްވަރާކޮށްފި

ޖަޕާނުގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށްފި އެވެ. އިއްޔެ ފޮރިންގ މިނިސްޓްރީގައި ބޭއްވި މަޝްވަރާތަކުގައި ...

22 Jan 2015 | 05:20

ޖަޕާނުގެ އެހީގައި ރާއްޖޭގައި ހިންގަމުންދާ ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން މަޝްވަރާކޮށްފި އެވެ.

އިއްޔެ ފޮރިންގ މިނިސްޓްރީގައި ބޭއްވި މަޝްވަރާތަކުގައި ޖަޕާނުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ރާއްޖެ އަށް އެކްރެޑިޓްކޮށް ސްރީލަންކާގައި ގާއިމްކޮށްފައިވާ ޖަޕާނުގެ އެމްބަސީގެ ޑެޕިއުޓީ ހެޑްއޮފް މިޝަން އަސާކޯ އޮކާއީ އެވެ. ރާއްޖޭގެ ފަރާތުން އެމަޝްވަރާތަކުގައި ބައިވެރިވަޑައިގެންނެވި ވަފުދުގައި އިސްކޮށް ހުންނެވީ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މުހައްމަދެވެ.

އިއްޔެ ބޭއްވި މަޝްވަރާތަކަށް ފަހު ޖަޕާން އެމްބަސީގެ ހެޑް އޮފް މިޝަން އަސޯކޯ އޮކާއީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވާފަ ވެއެވެ. ބައްދަލުވުމުގައި މިނިސްޓަރު ދުންޔާ ވިދާޅުވެފައި ވަނީ ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮންނަ އިގުތިސާދީ ގުޅުމަށް އިތުބާރު އޮތް ކަމަށާއި އެގުޅުން ކުރިއެރުވުމަށް ދެގައުމުން މަސައްކަތް ކުރާނެ ކަމަށެވެ.

ރާޢްޖެއާއި ޖަޕާނާއި ދެމެދު ބޭއްވި ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީއާއި ފިޝަރީޒް މިނިސްޓްރީ އާއި އިކޮނިމިކް މިނިސްޓްރީ އާއި އެންވަޔަރްމެންޓް މިނިސްޓްރީގެ ފަރާތުން ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް