ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރަމުންދިޔަ މަސައްކަތް އެހެން ފަރާތަކާ ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އޭސީޕީ އަހްމަދު ޝިފާން މިރޭ ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ އިކޮނޮމިކް ކްރއިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެނވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވަކަމަށެވެ.
"މިކަމަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގައި މިވަގުތު ތަހުގީގު ކުރެވެމުންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީން ކުރުމަށްޓަކައި ގެނައި ބަދަލެކެވެ" ޝިފާން ވިދާޅުވެފައިވެއެވެ.
ޝިފާން އިތުރަށް ވިދާޅުވެފައިވަނީ މި ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބުއާ ގުޅޭގޮތުން ފުލުހުން ޔަގީންކުރަމުންގެންދާ ކަންކަމުގައި، އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް