މާލޭގައި ފެންބޮޑުވުމުގެ ހާދިސާއާއި ގުޅިގެން އަށް ގޭބީސީއެއްގެ 32 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައިވޭ: އެންޑީއޭ

މިއަދު މާލެއަށް ކުރި ވިއްސާރައިގައި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީއާއި ދިވެހި ސިފައިން އަދި ފުލުހުންގެ ރެޑްރެސެންޓުގެ ހޮޓްލައިންތަކަށް101 އެއް ކޯލް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖ...

21 Dec 2024 | 10:51

މިއަދު މާލެއަށް ކުރި ވިއްސާރައިގައި ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީއާއި ދިވެހި ސިފައިން އަދި ފުލުހުންގެ ރެޑްރެސެންޓުގެ ހޮޓްލައިންތަކަށް101 އެއް ކޯލް ލިބިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއޭ) އިން ބުނެފިއެވެ.

މި ހާދިސާގައި އަށް ގޭބީސީއެއްގެ32 މީހަކަށް ވަގުތީ ބޯހިޔާވެހިކަމާއި އެކު ކެއިން ބުއިން ހަމަޖައްސައިދީފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. ވަގުތީ ބޯހިޔާވެހިކަން ހަމަޖެއްސާފައިވަނީި އެފަރާތްތަކަށް ކައްކައި ކައިބޮއެ ހެދުމަށާއި، ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި، ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުން ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ އެއް ދުވަހުގެ މުއްދަތަކަށެވެ.

އޭގެއިތުރުން ފެންވަނުން ކޮންޓްރޯލްކުރުމަށް މާލެ ސިިޓީ ކައުންސިލާއި ސިފައިން އަދި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމެންޓް އެންޑް ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއި އެކު47 ތަނެއްގައި229 ވެލިބަސްތާ ޖެހިފައިވާ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ. އޭގެތެރޭގައި ގޭގޭގެ އިތުރުން ފިހާރަ އަދި ގުދަންތައް ހިމެނޭ ކަމަށް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް