ގަވައިިދާ ހިލާފަށް ވިނަރެސް ފްލެޓެއް ހޯދި ފުލުހެއް ކަމަށްވާ ރަޖުނީ ޝުއައިބުގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލަ ސޯސަލް މީޑިއާއިން ފުލުހުންގެ ސަމާލު ކަމަށް އައުމުން މިހާރު އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.
އެޗްޑީސީގެ އެމްޑީ ފްލެޓް ލިސްޓުގައި ނުވާ ބަޔަކަށް ފްލެޓްތަކެއް ދިން މައްސަލަ ފެންމަތިވެފައިވަނިކޮށް، ރަޖްނީއަށްވެސް އެއްވެސް އެޕްލިކޭޝަނަކާ ނުލައި ވިނަރެސް ފްލެޓުން އެޕާޓްމަންޓެއް ދީފައިވާ ކަމަށް ބުނެ ސޯސަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ވާހަކަތަކެއް ދައްކަމުންނެވެ.
ހުޅުމާލެއިން ގަވާއިދާ ހިލާފަށް ބިން ދޫކުރި ކަމަށް ތުހުމަތުކުރެވޭ20 މީހެއްގެ ޕާސްޕޯޓު ފުލުހުން މިހާރު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު އަދި އޭނާގެ ބޭބެ ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
ރަޖްނީ އަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑެެވެ. މި މައްސަލަ އާއި ގުޅުން ހުރި ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް