ފުށިދިއްގަރު ހިއްކަނީ ހުޅުމާލެއިން 10 އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސީއެމްސީއަށް ދޭގޮތަށް: ފަޒުލް

ފުށިދިއްގަރު ހިއްކަނީ ހުޅުމާލެއިން 10 އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ދޭގޮތަށް ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރ...

21 Dec 2023 | 12:52

ފުށިދިއްގަރު ހިއްކަނީ ހުޅުމާލެއިން 10 އަދި ރަސްމާލެއިން 60 ހެކްޓަރުގެ ބިން ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އަށް ދޭގޮތަށް ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވެއްޖެވެ.

އާބަންކޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފަޒުލް ވިދާޅުވީ ސީއެމްސީއަށް ބިން ދޫކުރަނީ ޑިވެލޮޕްމަންޓް ޕީރިއަޑް ކަމަށްވާ 99 އަހަރުގެ މުއްދަތަށް ކަމަށެވެ.

މިފަދައިން މަޝްރޫޢު ކުރިއަށް ގެންދިއުމުން ބަދަލުގައި 1093 ހެކްޓަރުގެ ބިން އާބަންކޯއަށް ލިބިގެންދާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ. ފަޒުލް ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން ކޭޝްފްލޯއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އޭގެ ބަދަލުގައި ކޭޝްފްލޯ އިތުރަށް ތިޔާގިވެ، އިތުރު ލޯނު ނެގުމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކަށް އެޝުއަރެންސް އިތުރު ވެގެންދާނެ ކަމަށެވެ.

އާބަންކޯ ކުންފުނި އަދި ދައުލަތުންވެސް މި މަޝްރޫޢަށް އެއްވެސް ފައިސާ ޚަރަދުނުކުރާކަން ފާހަގަކުރައްވާ ފަޒުލް ވިދާޅުވީ މަޝްރޫޢުގެ އަގު އަދާކުރާނީ ހިއްކާ ބިން ތަރައްޤީކޮށްގެން ނުވަތަ އެތަނުން ބިން ވިއްކައިގެން ކަމަށެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލެ އެއް ވަނަ އަދި ދެވަނަ ފިޔަވަހީގައި އިތުރު ހުސްބިންތައް ނެތް ކަމަށެވެ. މިދިޔަ ސަރުކާރުން މަސައްކަތް ކޮށްފައިވާ ގޮތުން، އިތުރު ތަރައްޤީގެ މަޝްރޫޢުތައް ހިންގާނެ ބިން ދެވަނަ ފޭސްގައިވެސް ނެތް ކަމަށް ފަޒުލް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް