އުރީދޫ މޯލްޑިވްސް ފަން ރަން 2023 ހަރަކާތްތައް މާދަމާ

އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ހަރަކާތްތައް މާދަމާ ފަށާއިރު، ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން، ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، 5ކޭ ދުވުމާއި، ފަންނ...

21 Dec 2023 | 10:32

އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން ހަރަކާތްތައް މާދަމާ ފަށާއިރު، ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން، ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، 5ކޭ ދުވުމާއި، ފަންނުވެރި ތަރިން ހިމެނޭ މިއުޒިކް ޝޯއެއް ބޭއްވުން ހިމެނެއެވެ.

22 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހު (މާދަމާ) ހެނދުނު 8:00 އިން 11:00 އަށް އުރީދޫ ޑްރޯން ރޭސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއީ ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ޑްރޯން ރޭސް ކުރިއަށް ގެންދާއިރު، މި ރޭހުގައި ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެއެވެ.

އުރީދޫ އިން ބުނީ މި ޑްރޯން ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ދުވުން ނިންމުމަށް ބައިވެރިން ވާދަކުރާ ދުވުމެއް ކަމަށެވެ. އުރީދޫ ޑްރޯން ރޭސް 2023 ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގައި ބައިވެރިވާ ވާދަވެރިންނަށް މި ހިތްގައިމު ޑްރޯން ޗެލެންޖުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފާހަގަކޮށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އުރީދޫ ފަން ރަން - ރާއްޖޭގެ އެންމެ ބޮޑު، އެންމެ އުފާވެރި ދުވުމަކީ ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މަޖާ 5ކޭ ދުވުމެކެވެ. މި ދުވުން އޮންނާނީ 22 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:30 އިން ހަވީރު 6:00 އަށް ހުޅުމާލޭގައެވެ.

އުރީދޫ އިން ބުނީ ދުވުމުގައި ކަވަރުކުރާ ކޮންމެ ކިލޯމީޓަރެއް ފާހަގަކުރާނީ ކުލައާއި ފެނާއި މަޖާ ހުރަސްތަކަކާއެކު ކަމަށެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ފުރިހަމަ ކުރަންޖެހޭ ދުވުމަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާލުމާއި ޖޮގް ކުރުމާއި ދުވުން ނުވަތަ ޑާންސް ކުރުން ފަދަ ކަންކަން ބައިވެރިންނަށް އިޚްތިޔާރު ކުރެވޭނެ ކަމަށާއި އެ ދުވުމުގައި ފޯމް ޕާޓީއަކާއި ފިނިޝަރ މެޑަލް އަކާއި މިއުޒިކް ޝޯއަކާ އެކު ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.

ފަން ރަންއަށްފަހު އެ ދުވަހުގެ ރޭގަނޑު 8:30 އިން ފެށިގެން އާންމުންނަށް ހުޅުވާލައިގެން ބާއްވާ މަޖާ މިއުޒިކް ޝޯއެއްގައި ދިވެހި މިއުޒިކް އިންޑަސްޓްރީގެ ކުޅަދާނަ ފަންނާނުންގެ ހަރަކާތްތައް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި މީރާ، ޝަމްބެ އަދި އިންމަ، ޑިޓިއުން ބޭންޑް، ޑީޖޭ ދީދު، ހަބޭސް ބޮޑުބެރު، ޒަކިއްޓެ އަދި ޓްރެފިކް ޖޭމްގެ ހުނަރުތައް ފެނިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް