އުރީދޫ ފަން ރަން: މެޑިކަލް ޕާޓްރަނަރަކަށް ޓްރީ ޓޮޕް ޙޮސްޕިޓަލް

އުރީދޫ ފަން ރަން 2023 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އާއި އެކު އުރީދޫ އިން ޕަރޓްނަރ ވެއްޖެއެވެ. މި ޕަރޓްނަރޝިޕް ގެ އަމާޒަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ ދުވުމުގެ ބައ...

21 Dec 2023 | 09:54

އުރީދޫ ފަން ރަން 2023 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އާއި އެކު އުރީދޫ އިން ޕަރޓްނަރ ވެއްޖެއެވެ. މި ޕަރޓްނަރޝިޕް ގެ އަމާޒަކީ ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި 5ކޭ ދުވުމުގެ ބައިވެރިންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫއިން ޓްރީ ޓޮޕް ހޮސްޕިޓަލް އާއި ގުޅިގެން އަގުހުރި ހެލްތް ޓިޕްސް ތަކުގެ ގޮތުގައި ޑައަޓާއި ކަސްރަތުގެ އިރުޝާދުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވުންތެރިންނަށް ފޯރުކޮށްދޭނެއެވެ.

22 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ ހަވީރު 3:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަން އިވެންޓް ބާއްވާ ދުވަހު، ބައިވެރިންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން މުހިންމު ދައުރެއް އަދާކުރާނެއެވެ. ހެނދުނުގެ ޑްރޯން ރޭހާއި 5ކޭ ދުވުމުގެ އިވެންޓް އިވެންޓުގައި ވެސް ޓީޓީއެޗް އިން ފަސްޓް އެއިޑް އަދި މެޑިކަލް ހިދުމަތް ފޯރުކޮށްދޭނެއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގެ އިވެންޓް ސަރަހައްދުގައި ޓީޓީއެޗް ގެ ޓެންޓުން ދުވުންތެރިންނަށް ވަގުތުން އެހީތެރިކަމާއި އަޅާލުން ދިނުމަށް އެ ހޮސްޕިޓަލް ގެ ޓީމުން ތައްޔާރަށް ތިބޭނެ އެވެ.

ކޮމިއުނިޓީ އިވެންޓްތަކަށް އެހީތެރިވުމުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލުން ދާދި ފަހުން ވަނީ ރާއްޖޭގެ ސިއްހީ ހިދުމަތް ކުރިއެރުވުމަށް އީޖާދީ ހިދުމަތްތަކެއް ތައާރަފްކޮށްފަ އެވެ. ކަކުލުގެ އާތުރައިޓިސް، ކުޅިވަރުގެ ސަބަބުން ލިބޭ އަނިޔާ އަދި ކަކުލުގައި ރިއްސުން ފަދަ ކަންކަމަށް ހައްލު ހޯދާދިނުމުގެ ގޮތުން ޕްލެޓްލެޓް ރިޗް ޕްލާޒްމާ (ޕީއާރުޕީ) ފަރުވާ ތައް އެ ހޮސްޕިޓަލުން މިހާރު ފޯރުކޮށްދެ އެވެ. މީގެ އިތުރުން އެންމެ ޒަމާނީ އެމްއާރުއައި މެޝިނަކާއެކު ޓީޓީއެޗްގެ ޑައިގްނޯސްޓިކް ގާބިލްކަން ފުޅާކޮށް، ކާޑިއެކް އިމޭޖިން އާއި ނިއުރޮލޮޖީ އިމޭޖިން ފަދަ ހިދުމަތްތައް ފޯރުކޮށްދެއެވެ.

އުރީދޫ ފަން ރަން 2023 ކުރިއަށް ދާއިރު ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ވެސް އޮންނާނީ ފުލް އެލާޓުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް