ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ފައިލޭރިޔާއަށް ކުޅުދުއްފުށީ ސިޓީން 25 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު ބުނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގުނު ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގައި ބައިވެރިވި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފައިލޭރިޔާއަށް ބައެއް ފަރާތްތައް ފައްސި ވުމާ ގުޅިގެން މި މަހުގެ 1 އިން 19 އަށް ކުރެވުނު ސްކްރީނިން އިން ޖުމްލަ 25 ބިދޭސީއަކު ފައްސިވެފައިވާ ކަމަށެވެ.
އެގޮތުން ސްކްރީން ކުރެވުނު 434 މީހުންގެ ތެރެއިން 409 މީހުން ވަނީ ނައްސި ވެފައި ކަމަށް އެ އެޖެންސީން ހާމަކުރެއެވެ.
ޕޮޒިޓިވްވި މީހުން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ 'އެންޑެމިކް' ޤައުމު ތަކުންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.
މީގެ އިތުރުން މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް