ގަތަރުގެ ލީގު ޗެމްޕިއަން އަލް ދައްދު އެސްސީން ރޮނާލްޑޯ އަށް ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
އަންނަ ޖެނުއަރީ ޓްރާންސްފާގައި އަލް ދައްދުން ރޮނާލްޑޯގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ ކުލަބުން މިހާރު އަންނަނީ ވަރަށް ގާތުން ރޮނާލްޑޯގެ ކަންކަން ބަލަމުން ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑު ދޫކޮށްލުމަށްފަހު އަދިވެސް ފްރީ އެޖެންޓެއްގެ ގޮތުގައި ހުރިއިރު، ރޮނާލްޑޯއަށް މިހާތަނަށް ރަސްމީކޮށް ލިބިފައިވަނީ އެންމެ ހުށައެޅުމެއް ކަމަށާއީ އެއީ ސައުދީ ކްލަބް އަލް ނަސްރުގެ ފަރާތުން ލިބިފައިވާ ހުށައެޅުން އެކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯ ހޯދުމުގެ ރޭހުގައި ބައިވެރިވާން އަލް ސައްދުން ޝައުގުވެރިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، އެ ކުލަބުން ސައުދީ ކުލަބް އަލް ނަސްރް އަށް ވުރެ ބޮޑު ހުށައެޅުމެއް ރޮނާލްޑޯ އަށް ހުށައަޅާނެ ކަމަށް ބެލެވޭ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުން ފްރާންސް ލީގުގެ ކުލަބް އޮލިމްޕިކް މާސޭ އިން ވެސް އަންނަނީ ރޮނާލްޑޯއާއި އެކު ވާހަކަ ދައްކަމުންނެނެވެ. އެގޮތުން އަންނަ ޖެނުއަރީ މަހުގެ ޓްރާންފާގައި އޭނާ މާސޭއަށް ސޮއިކުރުން ވެސް ގާތެވެ. މާސޭގެ ޗީފް ބަސިލޭ ވެސް ވަނީ ރޮނާލްޑޯއާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފައެވެ.
ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑާއި އެކު ހަދާފައިވާ އެއްބަސްވުން އުވާލީ ނިމިގެން ދިޔަ ނޮވެމްބަރު މަސްތެރެގައެވެ. ރޮނާލްޑޯ މިވަގުތު ހުރީ އެއްވެސް ކުލަބެއް ނެތި ފްރީ އެޖެންޓެއްގެ ގޮތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް