ރާއްޖެ އިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ނަގަމުންދާ ޑިއުޓީ ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭގައި ކަނޑާލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އިނގެރޭސި ވިލާތުގައި ހުންނަވާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނުގެ ރަހުމަތްތެރި އިނގެރޭސި ސަރުކާރުގައި ތިއްބެވި ބައެއް ވެރިން ރޭގައި ވިދާޅުވީ ރާއްޖެ އިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ނަގަމުންދާ ޑިއުޓީ، އެންމެ ލަސްވެގެން ކުރިއަށް އޮތް ދެ މަސް ތެރޭގައި ކަނޑާލާނެ ކަމަށެވެ.
އަދި މިއީ އުފާވެރި ޚަބަރެއް ކަމަށް ވިދާޅުވެ ނަޝީދު އިތުރަށް ވިދާޅުވީ މިކަން މިވަނީ ރާއްޖެއަށް ހެޔޮ އެދޭ ބައެއް އިނގިރޭސި ވެރިންގެ ބޮޑު މަސައްކަތުން ކަމަށެވެ.
ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ނަގާ ޑިއުޓީ ކަނޑާލާނެ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވެފައި ވާއިރު، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވަނީ ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓްކުރާ މަހަށް ވަރަށް އަވަހަށް ޑިއުޓީ އިނާޔަތް ލިބޭނެ ކަމުގައި ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް