މިލަންދޫން ރައީސް މައުމޫނަށް ހޫނު މަރުހަބާއެއް!

އެމް.އާރް.އެމްގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ށ. މިލަންދޫއަށް ވަޑައިގެންނެވުމުން، ހޫނު މަރުހަބާއެއް ކިޔަވައިފި އެވެ. އެ ރަށަށް އެމަނިކުފާނު ވަޑ...

21 Dec 2022 | 17:41

އެމް.އާރް.އެމްގެ ޒައީމް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ށ. މިލަންދޫއަށް ވަޑައިގެންނެވުމުން، ހޫނު މަރުހަބާއެއް ކިޔަވައިފި އެވެ.

އެ ރަށަށް އެމަނިކުފާނު ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައި އެވެ.

ރައީސް މައުމޫނަށް މިލަންދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔުމަށް ބަނދަރަށް ގިނަ ބަޔަކު އެއްވެ މަރުހަބާ ކިޔާފައިވަނީ ސަގާފީ ހަރަކާތްތަކާއި އެކު އެވެ. މަރުހަބާ ދެންނެވުމުގައި ކައުންސިލާއި ސަރުކާރުގެ މުއައްސަސާތަކާއި ކުދި ބޮޑު ގިނަ ބަޔަކު ބައިވެރިވި އެވެ.

އެމަނިކުފާނު އެ ރަށަށް ވަޑައިގެންނެވުމުން ބަނދަރުގައި ވަނީ ވަކި ހާއްސަ ކަމެއްގެ ގޮތުގައި ސަލާމް ކުރުންވެސް ކުރިޔަށް ގެންގޮސްފައި އެވެ.

އެމްއާރުއެމްއިން ބުނީ ރައީސް މައުމޫންގެ މި ދަތުރުފުޅަކީ މިލަންދޫގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަ ކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މައުމޫން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނަވަނީ މިލަންދޫ ކައުންސިލްގެ ދައުވަތަކަށެވެ.

ށ. މިލަންދޫ އާބާދުކޮށް، އެ އަތޮޅު މާކަނޑޫދޫ ރައްޔިތުން މިލަންދޫގައިވަޒަންވެރިކުރުމުގެ މަސައްކަތަކީ ރައީސް މައުމޫންގެ ވެރިކަމުގައި ފަށައި، އެއްކޮށް ނިންމުނު މަސައްކަތެކެވެ. މާކަނޑޫދޫ ރައްޔިތުންނަށް ދެ ރަށެއް ހިޔާރު ކުރުމުގެ ފުރުސަތު ދިން އިރު މިލަންދޫގެ އިތުރުން ބައެއް އާއިލާތަށް ބަދަލުވެފައިވަނީ ވެރިރަށް ފުނަދޫއަށެވެ.

މިލަންދޫގައި މިހާރު 2500 އަށްވުރެ ބޮޑު އާބާދީއެއް އޮވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް