ލ. ގަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ 100 ހައުސިން ޔުނިޓްގެ ބިންގާ މިއަދު އަޅައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ ގަމުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 100 ހައުސިން ޔުނިޓްގެ ބިންގާ އަޅުއްވައިދެއްވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އަދި އެ ރަށު ކައުންސިލް މެމްބަރުން ކަމަށެވެ.
ގަމުގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަފޫޓް ހުންނާނެ ކަމަށާއި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ވެސް ހިމެނޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެއެވެ.
މިއީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކުރިއަށްގެންދާ 84.4 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް