ބަންގްލަދޭޝްގެ ރެފިއުޖީ ކޭންޕަކުން މެލޭޝިޔާއަށް އޮގަސްޓް މަހުން ފެށިގެން ދަތުރުކުރަމުން އައި ބޯޓެއް ސަލާމަތްކުރުމުގެ މަސައްކަތް އދ އިން ކުރަމުން އަންނަ ކަމަށް ހާމަކޮށްފިއެވެ.
އަންހެނުންނާއި ކުޑަކުދިންނާއެކު 160 އަށްވުރެ ގިނަ މީހުން ތިބި މިބޯޓުގެ އިންޖީނު ހުއްޓި ކާނެ އެއްޗެއް ނެތި 3 ހަފްތާ އަށްވުރެ ގިނަ ދުވަސް ކަނޑުމަތީގައި ހޭދަކުރަމުންދާ ކަމަށް އދ އިން ބުނެއެވެ.އަދި ބޯޓު އޮތީ އިންޑިއާ ސަރުކާރުގެ ބާރު ފޯރާ ހިސާބަކަށް ބެހިގެން އައިސްފައި ކަމުން ބޯޓު ސަލާމަތުގެ އައްސޭރިއަކަށް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އދ ގެ ރެފިއުޖީންގެ ހައިކޮމިޝަނަރ އިންޑިއާ އަދި ސްރީ ލަންކާގެ ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
2020 ވަނަ އަހަރު ހިނގި މިފަދަ ހާދިސާއެއްގައި 300 މީހުންނާއެކު ކަނޑުމަތީގައި އެއްވެސް ޤައުމަކަށް ނުވަދެވި 6 މަސް ދުވަސް ރޮހިންޔާގެ ރެފިއުޖީން ހޭދަކުރިކަމަށް ރިޕޯޓްތަކުން ދައްކައެވެ. އަދި އެހާދިސާގައި އެފަހަރު 30 މީހުން ނިޔާވިއިރު ސީ.އެން.އެން ގެ ޙަބަރުތައް ބުނާގޮތުގައި މިބޯޓުގައި މީހަކު މަރުވެފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އދ ގެ ރިޕޯޓަކުން ބުނާ ގޮތުގައި ބޯޓުގައި 20 ވަރަކަށް މީހުން މަރުވެފައި ތިބޭނެކަމަށް ބެލެވެއެވެ.
މިހާރުބޯތުގައި ތިބި މީހުންގެ ފުރާނަތައް ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ޔުނައިޓެޑް ނޭޝަންސް އިން ހާމަކުރާ ގޮތުގައި މިޔަންމާރ ގެ ރޮހިންޔާ މުސްލިމުންނަށް އެ ޤައުމުން ކުރާ އަނިޔާތަކާއި ފިއްތުންތަކުން ސަލާމަތްވުމަށްޓަކައި މިއަހަރު އެކަނިވެސް 2،000 ރެފިއުޖީން މިފަދަ ނުރައްކާތެރި ދަތުރުތަކެއް ކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް