ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ސިއްސައިގެން ދާވަރުގެ ޖަލްސާއެއް މާދަމާ ރޭ އެމްޑީޕީ ޖަގަހައިގާ ބާއްވާނެކަމުގައި ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ކުރިން އެ ޕާޓީގެ ޗެއާޕާސަންކަން ކުރެއްވި އަދި މި ފަހުން އަލުން ޕާޓީއާއި ގުޅިވަޑައިގެން ރައީސް ސޯލިހްގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންގެންދަވާ މޫސަ މިހެން ވިދާޅުވީ މިއަދު ކެމްޕޭނު ޖަގަހައިގައި ހުންނަވައިގެންނެވެ.
"މާދަމާ ރެއިން ފެށިގެން ޖަގަހަ ކުރިއަށްދާނެ" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ މި ކެމްޕޭނަކީ އެ ޕާޓީގެ އެތެރޭގަ ބޭއްވޭ ކެމްޕޭނަކަށް ވީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި އިންތިހާބުގައި މޮޅުކުރުމަށްޓަކާ މަސައްކަތްކުރާއިރު އެއްވެސް ބަޔަކާ ޗެލެންޖުކޮށްގެން ނުވާނެ ކަމަށެވެ. އެމްޑީޕީގަ އޮންނަ އެއްބައިވަންތަކަމުގެ ރޫހު ގެންގުޅެންވާނެ ކަމަށެވެ.
"މިއަކީ ދެ ޕާޓީއެއް ނޫން އިންތިހާބު ނިމުމާއެކީގަ އޮތީ ދެބައިމީހުން އެކީގަ ރިޔާސީ އިންތިހާބަށް ދާން އަޅުގަނޑުމެންގެ ބޭނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިފަހަރު ތަފާތު ބޮޑުކޮށް" މޫސަ ވިދާޅުވިއެވެ.
މޫސަ މި މޭރުމުން ވާހަކަފުޅު ދެއްކެވިއިރު ޕާޓީގެ ކެމްޕޭނު އޮފީހުގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި އެމްޑީޕީގެ ޕާލަމަންޓަރީ ގްރޫޕްގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުން ތިއްބެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް