ބީއެމްއެލްގެ ހާއްސަ އާންމު ޖަލްސާ ޖެނުއަރީގައި ބާއްވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ޖެނުއަރީ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ. މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓ...

21 Dec 2022 | 10:32

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ ޖެނުއަރީ 10 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 10:00ގައި މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ އޮންލައިން މީޓިން މެނޭޖްމެންޓް ސިސްޓަމް "ފަހިވޯޓް" މެދުވެރިކޮށް ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

އެގޮތުން ބީއެމްއެލުން ބުނީ މި ޖަލްސާގައި 39 ވަނަ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި ޑިރެކްޓަރުންގެ ބޯޑަށް މެމްބަރުން އައްޔަންކުރުމާއި ހިއްސާދާރުންގެ ސުވާލުތަކަށް ޑިރެކްޓަރުންގެ ބޯޑުން ޖަވާބު ދިނުން ހިމެނޭކަމަށެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބީއެމްއެލްގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ހިއްސާދާރުންނަށް ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުންވާ ހިއްސާދާރުން އަދި ޕްރޮކްސީ ހޯލްޑަރުން ރަޖިސްޓްރީވުމުގެ ފުރުސަތު މާދަމާ 10:00 އިން ޖެނުއަރީ އަށްވަނަ ދުވަހުގެ 10:00ގެ ނިޔަލަށް ހުޅުވާލާފައި ހުންނާނެ ކަމަށް ބީއެމްއެލުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް