މާލޭ ގެއެއްގެ ތެރޭގައި ހިނގި ހަމަ ނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.
މި ހާދިސާ ހިނގީ ހެންވޭރު ގެއެއްގައި އެވެ. މި ހާދިސާގައި ޒަހަމްވެފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ 12:21 ގައި ކަމަށެވެ. ފުލުހުން ބުނީ ޒަހަމްވި މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށެވެ.
އަނިޔާވި މީހާއަށް ލިބުނު ޒަހަމްގެ ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައިގަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރު ކުރީ 25 އަހަރުގެ ދިވެހި އަންހެނެކެވެ.
އޭނާ ވިދާޅުވީ މިހާތަނަށް އެނގުނު ގޮތުގައި މި ހަމަނުޖެހުމަކީ އާއިލީ މައްސަލަތަކެއްގެ ތެރެއިން ހިނގި މާރާމާރީ އެކެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް