މޯލްޑިވްސް ޕޮލިޓެކްނިކްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައި، 393 ދަރިވަރުން ސަނަދު ހާސިލްކޮށްފިއެވެ.
ޕޮލިޓެކްނިކުން ބުނީ އިސްލާމީ މަރުކަޒުގެ ހޯލުގައި ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ކަމަށެވެ.
އެގޮތުން ޕޮލިޓެކްނިކުން 2022 ވަނަ އަހަރު ހިންގުނު ސެޓްފިކެޓް 3، އެޑްވާންސްޑް ސެޓްފިކެޓް އަދި ޑިޕްލޮމާ ކޯސްތަކުން 393 ދަރިވަރުން ވަނީ ދަސްވެނިވެފައި ކަމަށް އެ އިންސްޓިޓިއުޓުން ހާމަކުރެއެވެ.
އަދި ޕޮލިޓެކްނިކުން ބުނީ 23 ދަރިވަރުންވަނީ އެކްސަލަންސް އެވޯޑް ހާސިލް ކޮށްފައި ކަމަށެވެ.
ޕޮލިޓެކްނިކްގެ އަމާޒަކީ އެ އިންސްޓިޓިއުޓްއިން ހިންގާ ކޯސްތައް ރިވިއުކޮށް ވަޒީފާގެ ބާޒާރަށް ބޭނުންވާ ކޯސްތައް ފަރުމާކޮށް ކުރިއަށް ގެންދިއުން ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައި ވެއެވެ.
މީގެ އިތުރުން ޕޮލިޓެކްނިކުން ބުނީ އެ އިންސްޓިޓިއުޓްގެ ކުރިމަގަކީ ޒުވާނުންނާ ގާތް ގުޅުމެއް ޤާއިމް ކުރެވޭނެ މާހައުލެއް ދެމެހެއްޓުން ކަމަށެވެ.
ފިޝަރީޒް މިނިސްޓަރގެ ޑރ. ހުސައިން ރަޝީދުގެ އިތުރުން މި ހަފްލާގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަދި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ބައިވެރިވެލެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް