ހުުޅުމާލޭ އެކެއްގެ އެކި ސަރަހައްދުތަކުގައި 491 ވީލްޗެއާ ރޭމްޕް ހަދައިފި

ހުޅުމާލޭ ފޭސް އެކެއްގެ އެކި ސަރަހައްދުތަކުގައި491 ވީލްޗެއާ ރޭމްޕް ހަދާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ. އެޗްޑީސީން ބުނީ މި މަސައްކަތުގެ މަގުސަދަކީ ހުޅުމާލެގ...

21 Dec 2022 | 06:36

ހުޅުމާލޭ ފޭސް އެކެއްގެ އެކި ސަރަހައްދުތަކުގައި491 ވީލްޗެއާ ރޭމްޕް ހަދާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ މި މަސައްކަތުގެ މަގުސަދަކީ ހުޅުމާލެގައި ގިނަ އަދަދެއްގެ ބަޔަކު އާބާދުވެގެން އަންނައިރު ދިރިއުޅެމުންދާ އަދި އެކިބޭނުންތަކަށް ހުޅުމާލެ ޒިޔާރާތްކުރާ ފަރާތްތަކަށް ފަސޭހަ ވާނެ ގޮތްތަކެއް ހެދުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ދަތިތައް ހައްލުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕްތައް ޤާއިމު ކުރުމަށް ނިންމީ ކަމަށް ބުންޏެވެ.

ފޭސް އެކެއްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެންމެ ގިނަ އަދަދަކަށް މީހުން ދިރިއުޅޭ ހިޔާ ފުލެޓުގައިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަ ކަމަށް އެޗްޑީސީން ބުންޏެވެ.

ހުޅުމާލެ ފޭސް 2ގެ ހިޔާ ފުލޭޓުގައި ވީލްޗެއަރ ރޭމްޕް ގާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު މިހާރު މި މަސައްކަތް ވަނީ އެއްކޮށް ނިންމާލެވިފައެވެ. މިގޮތުން ކޮންމެ ޓަވަރަކު، އެ ޓަވަރަކުން ބޭރަށް ނުކުތުމަށް ހާއްސަކޮށް ރޭމްޕް ވަނީ ގާއިމްކުރެވިފައެވެ.

ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ވީލްޗެއަރ ރޭމްޕް ގާއިމުކުރުމުގެ ސަބަބުން ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެންމީހެއްގެ އެހީއާއި ނުލައިވެސް ބޭނުންވާ ކަންކަން އުނދަގުލެއްނެތި ކޮށްލެވޭނެއެވެ. މިކަމުގެ ސަބަބުން އެ ފަރާތްތަކަށްވެސް ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ. ނުކުޅުންތެރިކަން ހުންނަ ފަރާތްތަކަށް އެ ފަރާތްތަކުގެ ހައްގު ކަށަވަރުކޮށް އަބުރުވެރި ދިރިއުޅުމެއް ހޯދައިދިނުމަކީ ވަރަށް މުހިއްމުކަމެކެވެ.

އެގޮތުން، މި ކޯޕަރޭޝަނުން އަބަދުވެސް މި ފަރާތްތައް ބޭނުންވާ ކަންކަން ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އަދި މިހާރު ހުޅުމާލޭގެ އެކި ސަރަހައްދުތަކާއި ހިޔާ ފުލެޓުގެ ބީޗުގައިވެސް ވީލްޗެއަރ ރޭމްޕް ޤާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް