ޗައިނާގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެ ފާއިތުވި 24 ގަޑިއިރު ފަސް މީހަކު މަރުވެފައިވާކަމުގައި ރެކޯޑުކޮށްފިއެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުގައި މި މައުލޫގައި ލިޔެފައިވާ ލިޔުންތަކަށް ޖުމުލަކޮށް ބަލައިލާއިރު ޗައިނާގައި ކޮވިޑުގެ ހާލަތު އިތުރަށް ގޯސްވެގެންގޮސްފައިމިވަނީ އެ އެގައުމުގައި އޮތް "ޒީރޯ ކޮވިޑް" ޕޮލިސީއަށް ލުއި ދިނުމާއި ހަމައިންނެވެ. އަދި މިހާރު ކޮވިޑު ބޮޑަށް ފެތުރެމުން އަންނަނީ ހޮސްޕިޓަލުތަކުގެ ތެރޭގައި ކަމަށްވުމުން ފެތުރޭ މިންވަރު އިތުރަށް ހަލުވި ވެފައިވާކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން އެކި މަސްދަރުތަކުގައި ކަންބޮޑުވުން ފާޅުކޮށްފައިވާ އަނެއް ކަމަކީ މަރުވާ މީހުންގެ މަރަކީ ކޮވިޑު މަރެއްކަމުގައި ނިންމުމަށް ބޭނުންކުރާ މިންގަނޑަށް ބަދަލު ގެނެސްފައިވުމެވެ. އެގޮތުން މިހާރު ޗައިނާގައި ކޮވިޑު މަރެއްކަމަށް ބަލަނީ ކޮވިޑުގެ އަލާމާތްތަކާއެކު ނިއުމޯނިއާ ޖެހިގެން މަރުވުމުންނާއި ނޭވާލާ ނިޒާމު ފެއިލްވެގެން މަރުވުމުން އެކަންޏެވެ. ގުނުމުގައި މި މިންގަނޑުން ގުނަންފެށުމުން ކޮވިޑު މަރުގެ އަދަދު މަދު ކަމަށް ރަސްމީ ތަފާސް ހިސާބުން ދެއްކިނަމަވެސް ދުވާލަކު އެތައް ބަޔަކު މަރުވާއިރު އެވެސް ކޮވިޑުގެ މަރުތައް ކަމުގައި މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ކޮވިޑުގެ ހާލަތު ޗައިނާގައި އަނެއްކާވެސް ގޯސްވެފައިވާކަމަށް ބެލެވޭއިރު އެ އެމެރިކާގެ އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އިވޭލުއޭޝަނުން ހާމަކޮށްފައިވާގޮތުގައި ކުރިއަށް އޮތް 2023 ވަނަ އަހަރު ޗައިނާގައި ކޮވިޑުގައި މަރުވާ މީހުންގެ އަދަދު މިލިޔަނުން މައްޗަށް ދިއުމަކީ އެކަށީގެންވާކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް