ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މަރުކަޒު "އެކްސްޕޯ މޯލްޑިވްސް 2015"ގެ ރަސްމީ ޓެލެކޮމް ޕާޓްނަރަކަށް ދިރާގުން ހަމަޖައްސައިފި އެވެ.
ދިރާގުގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމާއި ދިރާގު ފަރާތުން ހަވާލުވެފައިވަނީ ދިރާގުގެ މާކެޓިން ޑިރެކްޓަރު އަހުމަދު މައުމޫން އެވެ. އެކްސްޕޯ މޯލްޑިވްސްގެ ފަރާތުން އެއްބަސްވުމާއި ހަވާލުވެލެއްވީ އިކޮނޮމިކް މިނިސްޓްރީގެ ނައިބު އަދި އެކސްޕޯގެ ޗެއާމަން އަބްދުﷲ މުހައްމަދެވެ.
އެކްސްޕޯ މޯލްޑިވްސް އަކީ މަސައްކަތްތެރި އުފެއްދުންތައް ދައްކާލުމުގެ އިތުރުން ސަޤާފީ ކުޅިވަރުތަކާއި ދިވެހިން ކޮށްއުޅޭ ބައެއް މަސައްކަތްތައް ވަގުތުން ކުރަމުންދާ ސްޓޯލްތަކާއިއެކި ދައްކާލުމުގެ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިންތިޒާމްކޮށްގެން ބާއްވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މަރުކަޒެވެ. މި މައުރަޒު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް