ރައީސް، ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރަކަށް ޢާއިޝަތު ޝާހީން ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ ޚާއްޟަ އިނާމާއި ބެހޭ ކޮމިޓީގެ މެމްބަރަކަށް އާއިޝަތު ޝާހީން ހަމަޖައްސަވައިފި އެވެ. ރައސް އޮފީހުން ވިދާޅުވީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެ...

21 Dec 2015 | 04:29

ރައީސުލްޖުމްހޫރިއްޔާ ޚާއްޟަ އިނާމާއި ބެހޭ ކޮމިޓީގެ މެމްބަރަކަށް އާއިޝަތު ޝާހީން ހަމަޖައްސަވައިފި އެވެ.

ރައސް އޮފީހުން ވިދާޅުވީ މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީގެ މެންބަރަކަށް، މައްޗަންގޮޅީ ވިލާރޮދި ޢާއިޝަތު ޝާހީން، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައި ވާކަމަށެވެ.

ޢާއިޝަތު ޝާހީން މިހާރު އަދާކުރައްވަމުން ގެންދަވަނީ، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ، ރިސާރޗް އެންޑް އިނޮވޭޝަން ކަމުގެ މަޤާމެވެ.

ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު މި ހަމަޖެއްސެވީ،އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރ މުޙައްމަދު ޢާޞިމް، ބަންގްލަދޭޝްގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ޢައްޔަން ކުރެއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް