މަޝްހޫރު ލަވަކިޔުންތެރިޔާ އަންކީތު ތިވާރީގެ މައްޗަށް ރޭޕް ކުރުމުގެ ދައުވާ އުފުލައިފި

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކީތު ތިވާރީގެ މައްޗަށް އަންހެނަކު ރޭޕް ކުރި ކަމުގެ ދައުވާ އުފުލައިފި އެވެ. މި ދައުވާ އަންކީތުގެ މައްޗަށް އިންޑިއާގެ ސްޕެޝަލް ވިމެންސް ކޯޓުން އުފުލާފައިވަނީ މިދ...

21 Dec 2015 | 03:40

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކީތު ތިވާރީގެ މައްޗަށް އަންހެނަކު ރޭޕް ކުރި ކަމުގެ ދައުވާ އުފުލައިފި އެވެ.

މި ދައުވާ އަންކީތުގެ މައްޗަށް އިންޑިއާގެ ސްޕެޝަލް ވިމެންސް ކޯޓުން އުފުލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޮކްޓޯބަރު 2012 ގައްޔާއި ޑިސެމްބަރު 2013ގައި ތަކުރާރުކޮށް އުމުރުން 28 އަހަރުގެ އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައެއް މެއި 2014ގައި އެ ކޯޓަށް ހުށަހެޅުމުންނެވެ.

ކުރިން މި މައްސަލަ ކުރިއަށް ނުގެންގޮސް ދޫކޮށްލާފައިވަނީ އެ އަންހެންމީހާއާއި ކައިވެނި ކުރާނެ ކަމަށް އަންކީތު ކޯޓުގައި ބުނުމުންނެވެ. ނަމަވެސް ސްޕްޝަލް ވިމެންސް ކޯޓުން ބުނެފައިވަނީ އަންކީތު އޭނާ ވި ވައުދު ފުއްދާފައި ނުވާތީ ދައުވާ އުފުލީ ކަމަށެވެ.

ހޮނިހިރު ދުވަހު އަންކީތު ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭނާގެ މައްޗަށް އުފުލާފައިވަނީ ރޭޕް ކުރުމާއި އިންނާނެ ކަމަށް ބުނެ ވައުދު ވުމާއި ޖިސްމާނީ އަނިޔާ ކުރި ކަމުގެ ދައުވާ އެވެ. މި ތިން ދައުވާވެސް އުފުލާފައިވަނީ އިންޑިއާގެ ޕީނަލް ކޯޑުގެ ދަށުންނެވެ.

2011 ވަނަ އަހަރުން ފެށިގެން އަންކީތު ބޮލީވުޑް ފިލްމުތަކަށް ލަވަކިޔާދީފައި ވާއިރު އާޝިގީ 2 އަށް ކިޔާދީފައިވާ ސުންރަހާހޭނާ އާއި އެކް ވިލަން އަށް ކިޔާދީފައިވާ ގަލިޔާ ލަވައަކީ އެހުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ދެ ލަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް