ރަޝިޔާ ސިޓީއެއްގެ މޭޔަރު ކަމަށް ބުޅަލެއް!؟

ރަޝިޔާގެ ސިޓީއެއްކަމުގައިވާ ބާރނައުލްގެ މޭޔަރުކަމަށް ބުޅަލެއް ވާދަކުރަމުންއެބަ ދެއެވެ. އެސިޓީގެ ރައްޔިތުން ބުނެފައިވަނީ އެއަވަށުގައި އުޅޭ ކޮރަޕްޓު ސިޔާސީ ވެރިންގެ މަތިން ފޫހިވެއްޖެކަމަށާއި ދެން ބޭނުން...

21 Dec 2015 | 03:10

ރަޝިޔާގެ ސިޓީއެއްކަމުގައިވާ ބާރނައުލްގެ މޭޔަރުކަމަށް ބުޅަލެއް ވާދަކުރަމުންއެބަ ދެއެވެ.

އެސިޓީގެ ރައްޔިތުން ބުނެފައިވަނީ އެއަވަށުގައި އުޅޭ ކޮރަޕްޓު ސިޔާސީ ވެރިންގެ މަތިން ފޫހިވެއްޖެކަމަށާއި ދެން ބޭނުންވަނީ މޭޔަރުކަމަށް ބުޅަލެއް އިންތިހާބުން ކުރަންކަމަށެވެ.

ހަ ކެނޑިޑޭޓަކު ވާދަކުރާ މި އިންތިހާބުގައި ރައްޔިތުންގެ އެންމެ ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަނީވެސް ބަރްސިކްގެ ނަމުން ނަންދެވިފައިވާ މިބުޅަލެވެ. އޮންލައިންކޮށް ނެގި ނުރަސްމީ ވޯޓަކުން ދައްކާގޮތުގައި އެ ސިޓީގެ ރައްޔިތުންގެ ނުވަދިހަ ޕަސެންޓު ތާއީދު އޮތީ މިބުޅަލަށެވެ. މި ބުޅަލަށް ވަނީ ރަޝިޔާގެ މީޑިއާގެ މެދުގައި ވެސް ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.

ހަލައްކަ ފަންސާސްހާސް މީހުން އާބާދީގައި ހިމެނޭ ބާރނައުލްގެ ސިޓީ ކައުންސިލްއަށް މޭޔަރަކާއި ރީޖަނަލް ގޮރުނުދޯރެއް މިއަންނަ ހަފްތާގައި ހޮވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް