ސައުދީ އަރަބިއްޔާގައި މަސް މުގުރާ މެޝިނެއްގެ ތެރޭގައި ތުއްތު ކުއްޖެއްގެ އަތް ތާށިވެއްޖެ އެވެ.
ސައުދީ ނޫސްތަކުގައި ބުނެފައިވާގޮތުން ތުއްތު ފިރިހެން ކުއްޖެއްގެ އަތް މި މެޝިން ތެރޭގައި ތާށިވީ ގޭ ތެރޭގައި އުޅެމުން އެ މެޝިނާ ކުޅެނިކޮށް އެހެން ކުއްޖަކަށް އެ މެޝިން އޮން ކޮށްލެވުމުން ކަމަށެވެ.
މި ކުއްޖާގެ އަތް އެ މެޝިނުން މިހާރު ނަގާފައިވާއިރު ޑޮކްޓަރުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ އެ ކުއްޖާގެ އަތަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައި ވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް