ނިމިގެން މިދާ 2015 އަހަރުގައި ކޯސްޓަރިކާގައި އުފެއްދި ހަކަތައިގެ 99 އިންސައްތައަކީ އިއާދަކުރަނިވި ސާފު ހަކަތަކަމަށް ކޯސްޓަރިކަން އިލެކްޓްރިސިޓީ އިންސްޓިޓިއުޓުން ހާމަކޮށްފި އެވެ.
އެ އިންސްޓިޓިއުޓުން ބުނެފައި ވަނީ އެކެއް ޖަނަވަރީން ފެށިގެން 285 ދުވަހަށް ވާވަރަށް އިއާދަކުރަނިވި ހަކަތަ އުފައްދާފައިވާކަމަށާއި މިއީ އެގައުމުން ކަނޑައެޅި ލަނޑުދަނޑިއަށްވުރެވެސް ރަނގަޅުއަދެއްކަމަށެވެ. އަދި މިއަންނައަހަރު މިއަށްވުރެވެސް ރަނގަޅު އަދަދުތަކެއް ހާސިލްކުރެވޭނެކަމަށް ބެލެވޭކަމަށްވެސް އެ އިންސްޓިޓިއުޓުން ވަނީ ބުނެފައެވެ.
ގިނައިން ވާރޭވެހޭ އަދި ކޯރުތައް ގިނަ ކޯސްޓަރިކާގެ ހަކަތައިގެ ބޮޑުބައެއް އުފައްދަނީ ހައިޑްރޯ އިލެކްޓްރިކް ޕަވާސްޓޭޝަންތަކުންއެވެ. ދެން މިގައުމުގައި ސާފު ހަކަތަ އުފައްދަން ބޭނުން ކުރަނީ ޖިއޯތާމަލް، ވައި، ބަޔޯމާސް އަދި އިރުގެ ހަކަތައެވެ.
އެމެރިކާގެ މެދުތެރޭގައި އޮންނަ މި ކުޑަ ގައުމު މިހާރު ވެގެން ގޮސަފައިމިވަނީ ސާފު ހަކަތަ އުފެއްދުމުގެ ނަމޫނާއަކަށެވެ. އަދި ދުނިޔޭގެ ކުރިމަތީގައި ސާފުހަކަތަ އުފެއްދުމުގެ ވަރުގަދަ ލީޑަރަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް