އެއް ޖިންސުން ކައިވެނި ކުރެވޭ ގާނޫނަށް ސްލޮވީނިއާގެ ރައްޔިތުން ނޫނެކޭ ބުނެފި

މިދިޔަ އާދީއްތަ ދުވަހު ސޮލޮވީނިއާގައި ނެގި ވޯޓުގައި އެއްޖިންސުން ކައިވެނިކޮށް އެއްޖިންސުގެ ޖޯޑުތަކަށް ކުދިން އެޑޮޕްޓްކުރެވޭ ގާނޫނާއި ދެކޮޅަށް އެގައުމުގެ ބޮޑުބައެއް ވޯޓުލައިފިއެވެ. ވޯޓުލި މީހުންގެ 63.4...

21 Dec 2015 | 02:43

މިދިޔަ އާދީއްތަ ދުވަހު ސޮލޮވީނިއާގައި ނެގި ވޯޓުގައި އެއްޖިންސުން ކައިވެނިކޮށް އެއްޖިންސުގެ ޖޯޑުތަކަށް ކުދިން އެޑޮޕްޓްކުރެވޭ ގާނޫނާއި ދެކޮޅަށް އެގައުމުގެ ބޮޑުބައެއް ވޯޓުލައިފިއެވެ. ވޯޓުލި މީހުންގެ 63.4 ޕަސެންޓް މީހުން ވޯޓުދީފައިވަނީ މިގާނޫނާއި ދެކޮޅަށެވެ.

މިގާނޫނަށް އާމުންގެ ހިޔާލް ހޯދަން ވޯޓެއް ނަގަން ޖެހުނީ މިދިޔަ މާޗުމަހުގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިގާނޫނު ފާސްކޮށްފައިވަނިކޮށް "ފޮރ ޗިލްޑްރަން" ކިޔާ ޖަމިއްޔާއަކުން މިގާނޫނާއި ދެކޮޅަށް އެގައުމުގެ އެންމެ މަތީ ކޯޓަށް މައްސަލަ ހުށައަޅައި މިގާނޫނު ތަންފީޒުކުރުމަށް އާމުންގެ ވޯޓަކަށް އެދުމުންއެވެ.

މިމައްސަލަ ކޯޓަށް ހުށައެޅި ޖަމިއްޔާއިން ބުނެފައިވަނީ ކޮންމެ ކުއްޖަކަށްވެސް މަންމައަކާއި ބައްޕައަކު ލިބުމަކީ އެކުއްޖަކަށްލިބިދެންޖެހޭ ހައްގެއްކަމަށެވެ. ސޮލޮވީނިއާއަކީ ޔޫރޮޕިއަން ޔޫނިއަންއަށް ނިސްބަތްވާ ގައުމެކެވެ. ޔޫރޮޕިއަން ޔޫނިއަންގެ ބްރިޓަން، ފްރާންސް އަދި ސްޕެއިންގައި އެއްޖިންސުން ކައިވެނި ކުރެވުނުނަމަވެސް އީޔޫގެ ގިނަ ގައުމުތަކުގައި އެއްޖިންސުން ކައިވެންޏެއް ނުކުރެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް