ދުއްވަމުންދިޔަ ޓެކްސީއެއްގެ ޑްރައިވަރަށް ނިދިގެން އައްޑޫގައި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ލިންކްރޯޑްގައި ދުއްވާފައިދިޔަ ޓެކްސީއެއްގެ ޑްރައިވަރަށް ނިދިގެން އެކްސިޑެންޓެއް ހިނގައިފި އެވެ. އައްޑޫގައި ހިންގާ ނޫހެއް ކަމަށްވާ އައްޑޫ ލައިވް އިން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވ...

21 Dec 2015 | 02:22

އައްޑޫ ސިޓީ ލިންކްރޯޑްގައި ދުއްވާފައިދިޔަ ޓެކްސީއެއްގެ ޑްރައިވަރަށް ނިދިގެން އެކްސިޑެންޓެއް ހިނގައިފި އެވެ.

އައްޑޫގައި ހިންގާ ނޫހެއް ކަމަށްވާ އައްޑޫ ލައިވް އިން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ހަންކެނޑެ އާއި މަރަދޫ ގުޅޭ ހިސާބުގައި އޮންނަ ކޯޒްވޭ މަތީގައި ކަމަށާއި އެކްސިޑެންޓްގައި ލިންކް ރޯޑުން ދުއްވާފައި ދިޔަ ކާރު އެ ހިސާބުގައި ޖަހާފައި ހުރި ފެންސެއްގައި ޖެހި ކާރަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައި ކަމަށެވެ.

ޓެކްސީ ސެންޓަރުން ވާހަކަދެއްކި މީހަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ އެކްސިޑެންޓްވިއިރު ކާރު ދުއްވަން އިން މީހާގެ ތުންފަތް ފަޅައިގެން ދިއުން ފިޔަވައި އިތުރު އަނިޔާތަކެއް އޭނާއަށް ލިބިފައި ނުވާކަމަށެވެ. އަދި އެވަގުތު ޑްރައިވަރު ފިޔަވައި އިތުރު ބަޔަކު ޓެކްސީގައި ނެތްކަން ކަށަވަރުކޮށްދީފައި ވާކަމަށްވެސް އެ ނޫހުގައި ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް