ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތު ކަނޑުގެ ސަރަހައްދުގައި މިރޭ ހަތް މިނެޓުގެ ހަވާ އެރުވުމުގެ ހަރަކާތެއް ބާއްވަން ހަމަޖައްސައިފިއެވެ.
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ރޭގަނޑު 19:30 އާއި 21:30 އާ ދެމެދުގެ ވަގުތެއްގައެވެ. މިއީ ޕްރައިވެޓް އިވެންޓަކަށް ބާއްވާ ހަރަކާތެކެވެ.
އަމިއްލަ ފަރާތްތަކުގެ ރިކުއެސްޓްތަކާއި އިވެންޓްތަކަށް އެމްއެންޑީއެފްގެ ސިފައިންގެ ކޯޕަރޭޝަނުން ހަވާ އެރުވުމުގެ އިންތިޒާމު ވިޔަފާރި އުސޫލުން ކުރިއަށް ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް