އިންޑިއަން އޮއިލްއިން ތިމާވެއްޓާ ރައްޓެހި ޖެޓް ފިއުލް އުފައްދައި ވިއްކަން ފަށަނީ

21 Nov 2026 | 08:50
އިންޑިއަން އޮއިލްއިން ތިމާވެއްޓާ ރައްޓެހި ޖެޓް ފިއުލް އުފައްދައި ވިއްކަން ފަށަނީ

އިންޑިއާގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޕާނީޕަތުގައި ހުންނަ އިންޑިއަން އޮއިލް ކޯޕަރޭޝަން (އައި.އޯ.ސީ) ގެ ރިފައިނަރީން ވިޔަފާރި އުސޫލުން ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް ނުވަތަ ތިމާވެއްޓާ ރައްޓެހި ޖެޓް ފިއުލް އުފައްދައި ފޯރުކޮށްދިނުމުގެ ހުއްދަ އެ ގައުމުގެ ސަރުކާރުން ދީފިއެވެ. ކުންފުނީގެ ޗެއާމަން އޭ.އެސް ސަހްނީ އަންގާރަ ދުވަހު ހާމަކުރެއްވި ގޮތުގައި، އެ ކުންފުނިން މިހާރު މަސައްކަތްކުރަމުންދަނީ މި ތެޔޮ ގަތުމަށް އެއާލައިންތަކާއެކު އެއްބަސްވުންތައް ހެދުމަށެވެ.

Advertisement

ސަހްނީ ފާހަގަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރު ބައިނަލްއަގުވާމީ އުދުހުންތަކުގައި 1 އިންސައްތަ އެސް.އޭ.އެފް ބޭނުންކުރުމަށް އިންޑިއާއިން ކަނޑައަޅާފައިވާ އަމާޒު ހާސިލުކުރުމަށް ބޭނުންވާ މިންވަރަށް ޕާނީޕަތު ފެސިލިޓީން ތެޔޮ އުފެއްދޭނެއެވެ. ކައްކާފައި ބާކީ ހުންނަ ތެލާއި ދަނޑުވެރިކަމުގެ އުފެއްދުންތަކުން އުފައްދާ މި ތެލަކީ، އާދައިގެ ޖެޓް ފިއުލްއާ ހިލާފަށް ވައިގެ ތެރެއަށް ދޫކުރާ ކާބަން މަދުކުރުމަށް އެއާލައިންތަކަށް އޮތް އެންމެ ރަނގަޅު އެއް ހައްލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް