މައްސަލަ ހޫނުވި ހެދުން - ފޮޓޯ: ވަގުތު ނޫސް
އިސްލާމްދީނުގެ
ޙުދޫދުން ބޭރު ނުވުމަށް ދިވެހި ފިލްމު އިންޑަސްޓްރީގެ ކިބައިން ރާއްޖޭގެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިލައްވައިފިއެވެ.
ރައީސް
މިކަމަށް އެދިލެއްވީ ކްރިއޭޓިވް ނެޓްވޯކްގެ އަލަތު ފިލްމު "ލިލީ" ގެ ޕްރިމިއަރ
ރެޑްކާޕެޓްގައި ދިވެހި ފިރިހެނަކު ދިވެހި ސަޤާފަތާއި ނުގުޅޭ ހެދުމެއް ލި މައްސަލަ
ހޫނުވެފައިވާ ދަނޑިވަޅުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ
ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު
ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ
ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ.
މުސްލިމުންގެ ސަޤާފަތާއި ޚިލާފުކަންކަމާ އަޅުގަނޑުމެން ދުރުވާންޖެހޭނެ. ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް
ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް
އިތުރަށް ވިދާޅުވެފައިވަނީ ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް
ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ މިޤައުމަށްޓަކައި އަޅުގަނޑުމެންނަށް
ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް