ފޮޓޯ: ވަގުތު ނޫސް ފޭސްބުކް ޕޭޖް -
ކްރިއޭޓިވް ނެޓްވޯކްގެ އަލަތު ފިލްމު، "ލިލީ"
ގެ ޕްރިމިއަރ ނައިޓް ރޭގައި އޮލިމްޕަހުގައި ކުރިއަށްގެންގޮސްފައިވާއިރު ޕްރިމިއަރ
ނައިޓްގެ މި ފޮޓޯ މިވަނީ ހުކުރު ދުވަހު ބޮޑު ބަހުސަށް ވެފައެވެ.
ބަހުސަކަށް ވެފައިމިވަނީ އޭނާ ފިރިހެނަކު ލައިގެން
އެ ހުރި ފޮޓޯއިން އެ ފެންނަ ހެދުމެވެ.
އެ ހެދުމުގެ ބާވަތަކީ ކުރުތާ ޕަޖާމާ
ޒާތުގެ ހެދުމެކެވެ. ބައެއް ޤައުމުތަކުގައި ކުރުތާ ޕަޖާމާގެ މިފަދަ ހެދުންތަކާއެކު
ފިރިހެނުން ސާޅި އެޅި ނަމަވެސް ދިވެހި މުޖުތަމަޢަށް މި ހެދުން ނުފެތެނީ ކަމަށް މި
ހެދުމަށް ފާޑުކިޔާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ލިލީގެ ރެޑްކާޕެޓުން ފެނުނު މި މަންޒަރުގެ
ފޮޓޯއަކީ ވަގުތު ނޫހުން ނަގާފައިވާ ފޮޓޯއެކެވެ.
ރޭ 22:50 ހާއިރު އަޕްލޯޑްކުރި މި ފޮޓޯ
ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައިވާއިރު ވަގުތު ޕޭޖުން އެކަނި 300
އެއްހާ މީހުން މި ފޮޓޯ ސޯޝަލް މީޑިއާގައި ޝެއާކޮށްފައިވެއެވެ. ޕޭޖުތަކުގެ ރީ
އަޕްލޯޑްސް ގުނާނަމަ ޝެއަރ ކޮށްފައިވާ ޢަދަދު ހާހަހާ ގާތްވާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް