5000ރ ގެ އެލަވަންސަކާއެކު، އެމްޕީއެލްގައި ތަމްރީނު ވުމުގެ ފުރުސަތު

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަކޮށްގެން އެޕެރެންޓިސްޝިޕް ޕްރޮގްރާމެއްފަށަން ނިންމާ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެ ކުންފުނިން ކުރި އ...

21 Nov 2024 | 16:06

މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) އިން އަންހެނުންނަށް ހާއްސަކޮށްގެން އެޕެރެންޓިސްޝިޕް ޕްރޮގްރާމެއްފަށަން ނިންމާ، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކުންފުނިން ކުރި އިއުލާނެއްގައި ބުނީ މިއީ މިނިސްޓްރީ އޮފް ޔޫތު، އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އެ ކުންފުންޏާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

އެ ޕްރޮގްރާމްގެ ދަށުން ހަތް ދާއިރާތަކުން 18 ފަރާތެއް ތަމްރީންކުރުމަށް ނިންމާފައިވާއިރު، އެ ދާއިރާތަކަކީ،

  • ވެލްޑާ: 4 ޖާގަ
  • ކާޕެންޓާ: 2 ޖާގަ
  • މެރިން މެކޭނިކް (މެރިން އިންޖިނިއަރިން): 2 ޖާގަ
  • މެޝިނިސްޓް: 2 ޖާގަ
  • އިލެކްޓްރީޝަން (އިލެކްޓްރިކަލް އިންޖިނިއަރިން): 3 ޖާގަ
  • މެކޭނިކް (ވެހިކަލް ރިޕެއާ): 2 ޖާގަ
  • އެއާ ކޮންޑިޝަނިން އެންޑް ރެފްރިޖަރޭޝަން: 3 ޖާގަ

އެ ޕްރޮގްރާމްގައި ވެލްޑިންނާއި ކާފެންޓްރީން ތަމްރީން ހޯދުމަށް ހުށަހަޅާ ފަރާތްތަކަކީ ގްރޭޑް އަށެއް ނިންމާފައިވާ މީހަކަށް ވުމާއި އުުމުރުން 18-35 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ. އަދި ދެން ހުރި ދާއިރާތަކަށް ތަމްރީނަށް އެދި ހުށަހަޅާ ފަރާތަކީ ޖީސީއީ އޯލެވެލް އިމްތިހާނުން މަދުވެގެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ މީހަކަށް އެލަވެންސްގެ ގޮތުގައި މަހަކު 5،000ރ. ލިބޭގޮތަށް ހަމަޖެހިފައިވާއިރު، މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އަންނަ ހަފުތާގެ އާދީއްޔަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެކަމަށް އެމްޕީއެލްއިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް