އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އާންމުކޮށްފި

ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ. މިއަދު އާންމުކުރި ލިސްޓުގައި 57 ކުންފުންޏެއް ހިމެނޭއިރު، މިނިސްޓްރީން ބުނ...

21 Nov 2024 | 15:49

ރާއްޖެ އިން މީހުން އުމްރާ އަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.

މިއަދު އާންމުކުރި ލިސްޓުގައި 57 ކުންފުންޏެއް ހިމެނޭއިރު، މިނިސްޓްރީން ބުނީ މިދިޔަ އަހަރާއި މި އަހަރުގެ މިހާތަނަށް އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން މި އަހަރު އަލަށް 14 ކުންފުންޏަކަށް ހުއްދަަ ދީފައިވާކަމަށެވެ.

އުމްރާ މީހުން ގެންދިއުމުގެ އާ ގަވާއިދުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް ކޮންމެ އިރަކު ވެސް އެދެވޭނެ އެވެ. އަދި ހުއްދަ ހަމަވުމުގެ 30 ދުވަސް ކުރިން މިނިސްޓްރީ އަށް ފޯމު ހުށަހެޅިދާނެ އެވެ. ހުއްދަ އަށް އެދޭއިރު 20،000ރ. ގެ ފީއެއް ދައްކަން ޖެހޭ އިރު ހުއްދަ އާކުރާ ނަމަ 15،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މިނިސްޓްރީން ބުނީ އުމްރާއަށް ދާން ފައިސާ ދައްކާއިރު، އެއީ އުމްރާ އަށް ދިއުމަށް ހުއްދަ އޮތް ކުންފުންޏެއްކަން ކަށަވަރު ކުރަން ޖެހޭނޭ ކަމަށެވެ. އަދި ފައިސާ ދައްކާނީ އެކަން ކަށަވަރުކޮށްފާ ކަމަށް މިނިސްތްރީން ވަނީ ބުނެފައެވެ. އަދި އެނޫން ގޮތަކަށް ނުކޮށް ފައިސާ ނުދެއްކުމަށް އެދިފައިވެ އެވެ. މިނިސްޓްރީން ބުނީ އެއާ ހިލާފަށް އަމަލުކޮށްގެން އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ، އޭގެ ޒިންމާ ނަގަންޖެ ހޭނީ ފައިސާ ދެއްކި ފަރާތަކު ކަމަށެވެ.

ރާއްޖޭގައި ހައްޖާ އުމްރާގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އިސްލާމިމް މިނިސްޓްރީން ވަނީ ދާދި ފަހުން ވަނީ އެ ހިދުމަތްދޭ ކުންފުނިތަކާ އެކީ މަހާހިންސާތާއެއް ވެސް އަލަށް ބާއްވައިފަ އެވެ. އެ މަހާސިންތާގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އުމްރާ ދަތުރުތަކުގެ އަގު ވީހާ ވެސް ކުޑަކޮށް، ވީހާ ވެސް ގިނަ ބަޔަކަށް އުމްރާ އަށް ދެވޭނެ މަގުފަހިކޮށް ދޭން ކުންފުނިތަކުގެ ކިބައިން އެދިފަ އެވެ.

ހައްޖާއި އުމްރާ އަށް މީހުން ގެންދަން ސަރުކާރުގެ ކުންފުންޏެއް ވެސް އޮވެ އެވެ. އެއީ ހައްޖު ކޯޕަރޭޝަނެވެ. މި އަހަރު ރާއްޖެ އިން ހައްޖަށް ދިޔަ އެންމެން ވެސް އެ އަޅުކަމަށް ދިޔައީ އެ ކުންފުނީގެ ހަވާލުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް