މާލޭ ސިޓީ ކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، އެ ކައުންސިލުން ހުޅުވާލައ...

21 Nov 2024 | 07:28

1446 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، މާލެ ސިޓީ ކައުންސިލުން ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމާއި މަދަޙަ ކިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، އެ ކައުންސިލުން ހުޅުވާލައިފިއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ބުދަ ދުވަހު ހުޅުވާލާފައިވާއިރު، މުއްދަތު ހަމަ ވާނީ، 30 ނޮވެމްބަރ 2024 ވަނަ ދުވަހުގެ ނިޔަލަށެވެ.

އިއުލާނުގައިވާގޮތުން ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ދެ ގޮތްޕަކަށް ބަހައިލެވިފައިވެއެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލައި ކިޔެވުމުގެ ގޮތްޕެވެ. ކޮންމެ ގޮތްޕެއްގައި ވެސް 3 އުމުރުފުރާ ހިމެނޭނެއެވެ. އެއީ 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ ކިޔެވުމަށް އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ ހޮވާނެއެވެ. އަދި ކޮންމެ ގޮތްޕަކުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެއެވެ. މި ވަނަތައް ހޮވޭނީ ދެ ގޮފި ވަކިންނެވެ. ހަމަ އެހެންމެ ކޮންމެ ގޮތްޕަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވުމާއެކު ކޮންމެ ގޮތްޕަކުން 1ވަނަ، 2ވަނަ، 3ވަނަ ހޮވޭނެއެވެ. ޤުރުއާން މުބާރާތުގައި ކޮންމެ ދަރިވަރަކަށް ވެސް ބައިވެރިވެވޭނީ އެއް ގޮފީގައެވެ.

ޤުރުއާން މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ކަނޑައެޅިފައިވާ އިނާމުތަކަކީ:

ޤުރުއާން މުބާރާތުގެ ކޮންމެ އުމުރުފުރައެއްގެ ކޮންމެ ގޮތްޕަކުން:

  • އެއް ވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެ
  • ދެވަނަ - /5000ރ، ކްލާކާއި ސެޓްފިކެޓް
  • ތިންވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް

ޤުރުއާން މުބާރާތުގެ ކޮންމެ ގޮތްޕަކުން މުޅި މުބާރާތުން:

  • އެއްވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • ދެވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • ތިންވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މަދަޙަ މުބާރާތު ގައި ބައިވެރިވެވޭ ޢުމުރުފުރާތަކަކީ ވެސް 6 އަހަރުން ދަށާއި، 9 އަހަރުން ދަށާއި 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 16އަހަރުން ދަށާއި، 19އަހަރުންދަށެވެ. އުމުރު ފުރާ ކަނޑައެޅުމުގައި ބަލާނީ 1 ޖަނަވަރީ 2024 އަށް ދަރިވަރަށް ފުރޭ އަހަރަށެވެ.

މި މުބާރާތުގެ 6 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންގެ މަދަޙަ ކިޔުން އިންސާފުކުރާ ގޮތަށް ހަމަޖެހިފައެއްނުވެއެވެ. އެ ނޫން ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު 5 ދަރިވަރުން ހޮވޭނެއެވެ. އަދި ކޮންމެ އުމުރުފުރާއަކުން، 1 ވަނަ ، 2 ވަނަ 3 ވަނަ އާއި މުޅި މުބާރާތުން 1 ވަނަ 2 ވަނަ 3 ވަނަ ހޮވޭނެއެވެ.

މަދަޙަ މުބާރާތުގެ ވަނަ ޙާޞިލްކުރާ ދަރިވަރުންނަށް ހުށަހަޅާފައިވާ އިނާމުތަކަކީ:

ކޮންމެ އުމުރުފުރާއަކުން:

  • އެއްވަނަ -/7000ރ، ޓްރޮފީއާއި ސެޓްފިކެޓް
  • ދެވަނަ -/5000ރ، ކްލާކާއި ސެޓްފިކެޓް
  • ތިންވަނަ -/3000ރ، ކްލާކާއި ސެޓްފިކެޓް

މަދަޙަ މުބާރާތުގެ މުޅި މުބާރާތުން:

  • އެއްވަނަ -/10000ރ ޓްރޮފީ އާއި ސެޓްފިކެޓް
  • ދެވަނަ -/7000ރ، ޓްރޮފީ އާއި ސެޓްފިކެޓް
  • ތިންވަނަ -/5000ރ، ޓްރޮފީ އާއި ސެޓްފިކެޓް

މުބާރާތް ބާއްވާނެ ތާރީޚް މާލެ ސިޓީ ކައުންސިލުން ފަހުން އިޢުލާން ކުރާނެކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް