ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ސެންޓަރުތަކެއް ގާއިމްކުރަން ވަނީ ހަމަޖެހިފަ: ވަޒީރު ޝަފީޢު

ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ތައުލީމާއި ބެހޭ...

21 Nov 2024 | 06:46

ޓީޗަރުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތަކެއް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ތައުލީމާއި ބެހޭ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ "ހަފްތާ 52" ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝަފީއު ވިދާޅުވީ، އަންނަ އަހަރު ތަޢުލީމީ ދާއިރާއިން އެންމެ ބޮޑު އިސްކަމެއް ދޭނީ މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްކަމަށެވެ.

މިގޮތުން މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްކަމުގެ މަގްސަދުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި "އެޑިޔުކޭޝަން ސެންޓަރ ފޯ އެކްސެލެންސް" ގެ ނަމުގައި ސެންޓަރުތައް ޤާއިމްކުރުމަށް ނިންމާފައިވާކަމަށް ވަޒީރު ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މިހާރު ބޭނުންކުރަމުންދާ "މީމިސް" ގެ ބަދަލުގައި އައު އެޑިއުކޭޝަން މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމްއެއް އަންނަ އަހަރު ޤާއިމްކުރާނެކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި ސިސްޓަމް މެދުވެރިކޮށް އެ ވުޒާރާއަށް ބޭނުންވާ މަޢުލޫމާތުތައް ފުރިހަމައަށް ލިބޭނެކަމަށާއި، ދަރިވަރުންގެ ރިކޯޑްސްތަކާއި ކަންކަން ނިމުމުގައި ބޭނުންވާ މަޢުލޫމާތުތައް ފަސޭހައިން މި ސިސްޓަމްގެ ތެރެއިން ލިބޭނެކަމަށެވެ.

ހަމައެއާއިއެކު، ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ ޓެކްސްޓް ފޮތްތައްވެސް އަންނަ އަހަރު ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތަކާއިއެކު، މި ދާއިރާގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތައްވެސް ޚާއްސަ އިސްކަމެއް ދީގެން ކުރައްވާނެކަމުގެ ޔަގީންކަން ވަޒީރު ޝަފީއު ވަނީ ދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް