ގެއްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އައްޑޫ ސިޓީގައި ގެއްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި އެ ފުލުހަކީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮ...

21 Nov 2023 | 04:04

އައްޑޫ ސިޓީގައި ގެއްލިގެން ހޯދަމުންދިޔަ ފުލުހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ފުލުހަކީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ޑިއުޓީކުރާ ސްޕެޝަލް ކޮންސްޓެބުލަރީ ފުލުހެކެވެ.

"ރޭ އިޝާނަމާދަށް ދިޔަ ގޮތަށް ގެއަށް ނާންނަ ކަމަށާއި އެއްވެސް ޚަބަރެއް ނުވާކަމަށް ރޭ 12:40 ހާއިރު ރިޕޯޓް ލިބުނީ" ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ހޯދަމުންދަނިކޮށް ހިތަދޫ ސްވިމިން ޓްރެކް ސަރަހައްދު މޫދުން ރޭ 01:40 ހާއިރު ފެނިގެން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިންކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ސ. ހިތަދޫ، ޒޫމްޕްލަސް، އުމުރުން 22 އަހަރުގެ އަބްދުﷲ ޔަމަން ފިރާޤެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް