ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކުރައްވައިފިއެވެ. ހަސަން ޒަރީރު އެ މަގާމަށް އައްޔަނުކޮށްފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށ...

20 Nov 2023 | 19:57

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކުރައްވައިފިއެވެ.

ހަސަން ޒަރީރު އެ މަގާމަށް އައްޔަނުކޮށްފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހަސަން ޒަރީރަކީ ރައީސް ޔާމީންގެ ދައުރުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އިރު އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު އަދާކުރެއްވި ފަރާތެކެވެ. މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ކަން މުއިއްޒު ކުރެއްވި އިރު އެ ކައުންސިލުގައިވެސް ޒަރީރު ވަޒީފާ އަދާކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް