ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ސަލްސާ އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަގާމަށް އިބްރާހީމް ޢާމިރު (ސަލްސާ އާމިރު) އައްޔަން ކުރައްވައިފިއެވެ. އިބްރާހިމް އާމިރު...

20 Nov 2023 | 19:40

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަގާމަށް އިބްރާހީމް ޢާމިރު (ސަލްސާ އާމިރު) އައްޔަން ކުރައްވައިފިއެވެ.

އިބްރާހިމް އާމިރު އެ މަގާމަށް އައްޔަނުކޮށްފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

އާމިރަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ އިތުރުން ކުޅިވަރުގައިވެސް ތާރީހެއް އޮތް ފަރާތެކެވެ.

އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޒަނުގެ ބައެއް ކްލަބްތަކަށް އާމިރު ކުޅެފައިވާއިރު ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކުރިން ކޮށްފައިވެއެވެ. އަދި މި ފަހުން ފެށި "ސޭވް އެފްއޭއެމް" ކެމްޕޭނު ލީޑުކުރައްވަނީވެސް އާމިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް