ފީފާ ވޯލްޑް ކަޕް 2022: ފަހު ވަގުތު ޖެހި 2 ލަނޑުން ނެދަލެންޑްސް ސެނެގާލް މައްޗަށް ކުރި ހޯދައިފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭ ގެ އެންމެ ވާދަވެރި ދެ ޓީމު ކަމުގައިވާ ނެދަލެންޑްސް އާއި ސެނެގާލް ބައްދަލުކުރި މެޗުން ނެދަލެންޑްސް މޮޅު ވެއްޖެއެވެ. މިރޭގެ މެޗުން ނެދަލެންޑްސް 2-0 ގެ ނަތީޖާއިން މޮޅުވ...

21 Nov 2022 | 18:34

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭ ގެ އެންމެ ވާދަވެރި ދެ ޓީމު ކަމުގައިވާ ނެދަލެންޑްސް އާއި ސެނެގާލް ބައްދަލުކުރި މެޗުން ނެދަލެންޑްސް މޮޅު ވެއްޖެއެވެ.

މިރޭގެ މެޗުން ނެދަލެންޑްސް 2-0 ގެ ނަތީޖާއިން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ފެނިގެން ދިޔައީ މެޗުގެ ފަހުކޮޅުގައެވެ. މެޗުގެ 84 ވަނަ މިނިޓުގައި ނެދަލެންޑްސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ ގަކްޕޯ އެވެ. މި މެޗުގައި ނެދަލެންޑްސްއަށް ލަނޑު ޖަހަން ރަނގަޅު 3 ފުރުސަތެއް ތަނަވަސްކޮށްދިން ގަކްޕޯ، އޭނާ ޖެހި ލަނޑު ޖަހަން ފޮނުވާލި ހަމަލާއަކީ އޭނާ މުޅި މެޗުގައި ނެގި ހަމައެކަނި ޝޮޓް ވެސްމެއެވެ.

ފްރެންކީ ޑި ޖޮން އޭރިޔާ ތެރެއަށް ނަގައިދިން ބޯޅައަށް އަރާ، ގަކްޕޯ ބޯޅަ ގޯލަށް ފޮނުވާލީ ބޮލުންނެވެ. ދެ ވަނަ ހާފުގައި އިތުރު ވަގުތުގެ ގޮތުގައި 10 މިނިޓު ދެއްކިއިރު، ނެދަލެންޑްސް އިން ދެ ވަނަ ލަނޑު ޖެހީ އިތުރު ވަގުތުގެ 9 ވަނަ މިނިޓުގައެވެ. ޑިޕޭ ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ގޯލްކީޕަރ މެންޑީ ދިފާއުކުރި ނަމަވެސް، ރިބައުންސް ބޯޅަ ލިބުނީ ކްލާސަން އަށެވެ. އޭނާ ބޯޅަ ފޮނުވާލީ މުޅިން ހުސް ގޯލަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް