މަސްތުވާތަކެއްޗާއެކު ކަރެކްޝަންސްގެ އޮފިސަރަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކުރައްވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު މިރޭ ވިދާޅުވީ އެ އޮފިސަރު ހައްޔަރުކުރީ ޖަލަށް މަނާތަކެތި ވައްދާކަމަށް ޝައްކުކުރެވިގެން ދިވެހި ފުލުހުންގެ ހިދުމަތާއި ކަރެކްޝަންސްގެ ހިދުމަތް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
"ހާއްސަ އޮޕަރޭޝަނެއްގައި މި ސާވިސްގެ އޮފިސަރެއް، މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެންދެވިފައި" ކަމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިކަމާއި ގުޅިގެން އެ އޮފިސަރު މިހާރު ސަސްޕެންޑްކޮށްފައިވާކަމަށެވެ. އެ އޮފިސަރު ހައްޔަރުކޮށްފައިވަނީ ކޮން ޖަލަކުންކަން ހާމަކޮށްފައެއް ނުވެއެވެ.
https://twitter.com/ahumadhumohamed/status/1594730117754138624
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް