ރާއްޖޭގެ ބޮޑު ބަޔަކަށް މެޓް އޮފީހުން ވައިޓް އެލާޓު ނެރެފި އެވެ.
އެލާޓު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދަށެވެ. އެއީ މެންދުރު2:00 ން މިރޭ7:00 އަށެވެ.
މެޓުން ބުނީ އެ ވަގުތުތަކުގައި ގަޑިއަކު19 މޭލާއި24 މޭލާއި ދެމެދުގެ ބާރުމިނނުގައި ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެ އެވެ.
އަދި ކަނޑުތައްވެސް ގަދަވާނެ އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުކަން ދީގެން ދަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް