ފީފާ ވޯލްޑް ކަޕް 2022: ނެދަލެންޑްސް–ސެނެގާލް މެޗު ޕްރިވިޔު

ޔޫރަޕާއި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ނެދަލެންޑްސް އަދި އެފްރިކާގެ ޗެމްޕިއަން ސެނެގާލް މިރޭގެ ކުރިމަތިލުމަށް ނިކުންނައިރު، މިއީ މި ދެ ޓީމުން ވާދަވެރި މުބާރާތެއްގައި ވާދަވެ...

21 Nov 2022 | 08:41

ޔޫރަޕާއި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ބެލެވިފައިވާ ނެދަލެންޑްސް އަދި އެފްރިކާގެ ޗެމްޕިއަން ސެނެގާލް މިރޭގެ ކުރިމަތިލުމަށް ނިކުންނައިރު، މިއީ މި ދެ ޓީމުން ވާދަވެރި މުބާރާތެއްގައި ވާދަވެރި މެޗެއް ކުޅޭނެ ފުރަތަމަ ފަހަރެވެ. މިރޭގެ މެޗަށް ކުރިމަތިލާއިރު، މި ދެ ޓީމަކީ މީގެ ކުރިން ވޯލްޑް ކަޕްގެ ތަޖުރިބާ ކޮށްފައިވާ ދެ ޓީމެވެ. އެގޮތުން ނެދަލެންޑްސް 10 ވޯލްޑް ކަޕެއްގައި ކުޅެފައިވާއިރު، ސެނެގާލް ވެސް ވަނީ މީގެ ކުރިން ދެ ވޯލްޑް ކަޕެއްގައި ކުޅެފައެވެ. އެންމެ ފަހުން 2018 ގައި ރަޝިއާގައި ބޭއްވުނު ވޯލްޑް ކަޕަން ނެދަލެންޑްސް ކޮލިފައިވެފައި ނުވާއިރު، ސެނެގާލުން ވަނީ އެ މުބާރާތުގައި ކުޅެފައެވެ.

ތާރީޚް: 21 ނޮވެމްބަރ 2022

ގަޑި: 21:00

ސްޓޭޑިއަމް: އަލް ތުމާމާ ސްޓޭޑިއަމް

ގްރޫޕް: އޭ

ނެދަލެންޑްސް ޓީމުގެ ހާލަތު:

މިރޭ ސެނެގާލް އާއި ދެކޮޅަށް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗަށް ނިކުންނައިރު، އެ ޓީމުގެ އިތުބާރު ފޯވާޑް މެމްފިސް ޑިޕާއީ މި ވަގުތު ހުރީ އަނިޔާގައެވެ. އެހެން ކަމުން އޭނާ މިރޭގެ މެޗުގައި ފެނިގެން ނުދާނެ ކަމަށް ކޯޗު ވެން ހާލް ވަނީ ބުނެފައެވެ. މީގެ އިތުރުން ޑެންޒެލް ޑަމްފްރައިސް އާއި މާޓެން ޑި ރޫން އަށް ވެސް އަނިޔާވެފައި ވުމުން މިރޭގެ މެޗުގައި ފެނިދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. ނަމަވެސް މި ދެ ކުޅުންތެރިންނާއި މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާކަމަށް ވެން ހާލް ބުނެފައިވެއެވެ.

ސެނެގާލް ޓީމުގެ ހާލަތު:

ސެނެގާލް ޓީމަށް ބަލާއިރު، އެޓީމަށް ކުރިމަތިވާނޭ އެންމެ ބޮޑު ގޮން ޖެހުމަކީ އިތުބާރު ފޯވާޑު ސަޑިއޯ މާނޭ އަނިޔާވެ މުބާރާތާއި ވަކިވެގެން ދާން ޖެހުމެވެ. މިއީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ސެނެގާލް އަށް ފޫބައްދަން އުނދަގޫވާނެ މައްސަލައެކެވެ. މީގެ އިތުރުން ދެން އަނިޔާގެ މައްސަލައަކަށް އޮތީ އެ ޓީމުގެ ސެންޓަރ ބެކް  އަބްދޫ ޑިއާލޯގެ ކަކުލުގެ އިންޖަރީއެވެ. އެހެންކަމުން އޭނާ އަށް ވެސް މިރޭގެ މެޗުގައި ކުޅެވިދާނެ ކަމާއި މެދު ވަނީ ޝައްކުއުފެދިފައެވެ.

ނެދަލެންޑްސް ފޯމް:

ނެދަލެންޑްސް އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ނަތީޖާތައް ރަނގަޅެވެ. ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެއެވެ. 4 މެޗުން މޮޅުވިއިރު، 1 މެޗު ވަނީ އެއްވަރުވެފައެވެ.

ނެދަލެންޑްސް 1-0 ބެލްޖިއަމް (ނޭޝަންސް ލީގު)

ޕޮލެންޑް 0-2 ނެދަލެންޑްސް (ނޭޝަންސް ލީގު)

ނެދަލެންޑްސް 3-2 ވޭލްސް (ނޭޝަންސް ލީގު)

ނެދަލެންޑްސް 2-2 ޕޮލެންޑް (ނޭޝަންސް ލީގު)

ވޭލްސް 1-2 ނެދަލެންޑްސް (ނޭޝަންސް ލީގު)

ސެނެގާލް ފޯމް:

ސެނެގާލް އެންމެ ފަހުން ކުޅުނު 5 މެޗުގެ ނަތީޖާއަށް ބަލާއިރު، ނަތީޖާތައް ގޯހެއް ނޫނެވެ. އެގޮތުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން 4 މެޗުން މޮޅުވެ، 1 މެޗު އެއްވަރުވީއެވެ.

ސެނެގާލް 0-2 އިރާން (އެކުވެރިކަމުގެ މެޗެއް)

ބޮލީވިއާ 0-2 ސެނެގާލް (އެކުވެރިކަމުގެ މެޗެއް)

ސެނެގާލް 0-1 އިޖިޕްޓް (ވޯލްޑްކަޕް ކޮލިފައިން، އެގްރިގޭޓް ނަތީޖާ އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން ސެނެގާލް މޮޅުވީ)

އިޖިޕްޓް 0-1 ސެނެގާލް (ވޯލްޑްކަޕް ކޮލިފައިން)

ސެނެގާލް 0-0 އިޖިޕްޓް (އެފްރިކާ ކަޕް އޮފް ނޭޝަންސް، ޕެނަލްޓީ އިން ސެނެގާލް މޮޅުވީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް