ހއ. ހޯރަފުށީގައި ހުންނަ އެއަތޮޅު މަދަރުސާގެ ދަރިވަރަކަށް ޓީޗަރަކު ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޖިންސީ ގޯނާގެ ޝިކާރައަކަށްވީ އަންހެން ދަރިވަރެއް ކަމަށެވެ. އެކަމަކުގެ ތުހުމަތު ކުރެވެނީ ދިވެހި ފިރިހެން ޓީޗަރަކަށެވެ.
އޭނާ ވިދާޅުވީ ހަމައެވަގުތުން ޓީޗަރު ދަރިވަރުންނާ އެކަހެރިކޮށްފައިވާ ކަމަށެވެ. އަދ މައްސަލައިގެ ތަހުގީގަށް ޓީޗަރު ސަސްޕެންޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށް ވިދާޅުވި އެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގަ ހައްޔަރު ކުރީ49 އަހަރުގެ މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް