ފީފާ ވޯލްޑް ކަޕް 2022: އިންގްލެންޑް–އިރާން މެޗު ޕްރިވިޔު

ބޮޑު މުބާރާތެއްގެ ތަށްޓެއް ހޯދުމަށް އިންގްލެންޑުން ކުރަމުންދާ ދިގު އިންތިޒާރަށް ނިމުމެއް ގެނައުމަށް އަނެއްކާ ވެސް އެ ގައުމު ނުކުންނައިރު، ފީފާ ވޯލްޑް ކަޕް 2022 ގައި އެ ގައުމު އެންމެ ފުރަތަމަ ވާދަކުރާނ...

21 Nov 2022 | 06:59

ބޮޑު މުބާރާތެއްގެ ތަށްޓެއް ހޯދުމަށް އިންގްލެންޑުން ކުރަމުންދާ ދިގު އިންތިޒާރަށް ނިމުމެއް ގެނައުމަށް އަނެއްކާ ވެސް އެ ގައުމު ނުކުންނައިރު، ފީފާ ވޯލްޑް ކަޕް 2022 ގައި އެ ގައުމު އެންމެ ފުރަތަމަ ވާދަކުރާނީ އޭޝިއާ ބައްރުގެ ގައުމެއް ކަމަށްވާ އިރާން އާއެވެ. އިރާން ޖެހިޖެހިގެން 3 ވަނަ ވޯލްޑް ކަޕަކަށް ކޮލިފައިވެފައިވާއިރު، އެ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގްރޫޕް ސްޓޭޖް ފަހަނައަޅާ ނުދެވުމެވެ.

ތާރީޚް: 21 ނޮވެމްބަރ 2022

ގަޑި: 18:00

ސްޓޭޑިއަމް: ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމް

ގްރޫޕް: ބީ

އިންގްލެންޑް ޓީމުގެ ހާލަތު:

އިންގްލެންޑްގެ ރައިޓް-ބެކަށް ކުޅޭ ކައިލް ވޯކާ އަދި މުޅިން ފިޓެއް ނޫނެވެ. ދާދި ފަހުން ކުރި ގްރޮއިން ސާޖަރީއަކަށްފަހު އެނބުރި އަހިސް ހުރިނަމަވެސް، އިރާންއާ ދެކޮޅަށް އޭނާ ފެނުން ދުރެވެ. ކައިލް ވޯކާގެ ބަދަލުގައި ފުރަތަމަ 11 އިން ފެނުން ގާތީ ޓްރިޕިއާއެވެ. މީގެ އިތުރުން ވޯކްލޯޑް ބޮޑުވެ، އަނިޔާގެ ބިރާހުރެ، ލެސްޓާ ސިޓީގެ ޖޭމްސް މެޑިސަން ވެސް މި ހަފުތާގެ ކުރީކޮޅު ތަމްރީނުތަކުގައި ބައިވެރިނުވެއެވެ. އެހެން ނޫނަސް، މެޑިސަންއަށް ފުރަތަމަ 11 އިން ޖާގަ ޔަގީނެއް ވެސް ނޫނެވެ.

2020 ގެ ޔޫރޯގައި އިނގިރޭސި ޓީމުގެ މެދުތެރޭގައި ރައިސް އާއި ކެލްވިން ފިލިޕްސްގެ ޕާޓްނަރޝިޕް ފެނުނަސް، ކޮނޑުހުޅަށް ލިބުނު އަނިޔާގެ ސަބަބުން މިފަހުން ފިލިޕްސް އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފައެވެ. އެހެންކަމުން، ފުރަތަމަ 11 އިން މިހާރު ވިދަމުން އަންނަ އިނގިރޭސި ޒުވާން ކުޅުންތެރިޔާ ބެލިންގހަމް ފެނުން ވަރަށް ގާތެވެ.

އިރާން ޓީމުގެ ހާލަތު:

އިރާން ޓީމަށް ބަލާއިރު، އަނިޔާގެ މައްސަލައަކަށް އޮތީ އެ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރ އޮމިދް އެބްރާހިމީގެ ގްރޮއިން އިންޖަރީއެވެ. ފޯވާޑަށް ކުޅޭ ސަރްދާރް އަޒްމޯން އަށް ވެސް އަނިޔާގެ މައްސަލަ ކޮންމެ ވެސް ވަރަކަށް ކުރިމަތިވެފައިވެއެވެ. އެހެންކަމުން އޭނާ ފުރަތަމަ 11 އިން ފެނުން ދުރުއިރު، ފޯވާޑް ލައިނުން ފެންނާނެ ކަމަށް ބެލެވެނީ ގުއެއިރޯޒް، މެހްދީ އަދި އަލީރެޒާ ޖަހާންބަކްސް އެވެ.

އިންގްލެންޑްގެ ފޯމް:

އިންގްލެންޑް އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗުން ބަލިވެ، 3 މެޗު އެއްވަރުވީއެވެ.

އިންގްލެންޑް 3-3 ޖަރުމަނު (ނޭޝަންސް ލީގު)

އިޓަލީ 1-0 އިންގްލެންޑް (ނޭޝަންސް ލީގު)

އިންގްލެންޑް 0-4 ހަންގޭރީ (ނޭޝަންސް ލީގު)

އިންގްލެންޑް 0-0 އިޓަލީ (ނޭޝަންސް ލީގު)

ޖަރުމަނު 1-1 އިންގްލެންޑް (ނޭޝަންސް ލީގު)

އިރާންގެ ފޯމް:

އިރާން އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ، 1 މެޗުން ބަލިވެ، 1 މެޗު އެއްވަރުވީއެވެ.

އިރާން 1-0 ނިކަރާގިވާ (އެކުވެރިކަމުގެ މެޗެއް)

ސެނެގާލް 0-2 އިރާން (އެކުވެރިކަމުގެ މެޗެއް)

އިރާން 1-0 އުރުގުއޭ (އެކުވެރިކަމުގެ މެޗެއް)

އިރާން 1-2 އަލްޖީރިއާ (އެކުވެރިކަމުގެ މެޗެއް)

އިރާން 2-0 ލުބުނާން (ވޯލްޑްކަޕް ކޮލިފައިން މެޗެއް)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް