ޝާހްރުކްއަށާއި އަކްޝޭގެ އަނބިން އެންމެ ރުޅިއަންނަނީ ޕްރިޔަންކާ ދެކެ!

ބޮލީވުޑް ތެރޭގައި ފިލްމު ސްޓާޜުންގެ މެދުގައި ތަފާތު މަޖާ ކަންކަން ހިނގައެވެ. އޭގެ ތެރޭގައި ބައެއް ފިލްމީތަރިން ފިލްމު ކުޅޭ މީހެއްގެ ސަބަބުން ދެމަފިރިން ނުވަތަ ލޯބިވެރިން މައްސަލަ ޖެހޭ ވާހަކަތަކަކީ ގިނ...

21 Nov 2022 | 06:30

ބޮލީވުޑް ތެރޭގައި ފިލްމު ސްޓާޜުންގެ މެދުގައި ތަފާތު މަޖާ ކަންކަން ހިނގައެވެ.

އޭގެ ތެރޭގައި ބައެއް ފިލްމީތަރިން ފިލްމު ކުޅޭ މީހެއްގެ ސަބަބުން ދެމަފިރިން ނުވަތަ ލޯބިވެރިން މައްސަލަ ޖެހޭ ވާހަކަތަކަކީ ގިނަ ބަޔަކަށް މަޖާވެ، ޝައުގުވެރިކަމާއި އެކު ހޯދާ މައުލޫމާތުތަކެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭގެ ތެރެއިން އަކްޝޭ ކުމާރާއި ޝާހްރުކް ހާނަކީ ފާހަގަ ކުރެވޭ ދެ ތަރިންނެވެ. އެ ދެ ތަރިންނަށް މަނަލީ ބަތަލާ ޕްރިޔަންކާ ޗޯޕްރާއާ އެކު ފިލްމު ކުޅުމެވެ.

އެކަން އަކްޝޭއަށް މަނާ ކުރަނީ އަންހެނުން ޓްވިންކަލް ކަންނާ އެވެ. ޝާހްރުކަށް މަނާ ކުރަނީ އޭނާގެ އަނބިމީހާ ގޯރީ ހާން އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ގޯރީ ރުޅިއަޔަސް ޝާހްރުކާއި ޕްރިޔަންކާ އެކުގައި ފިލްމު ކުޅެފައި އެބަހުއްޓެވެ. އެގޮތުން އެންމެ ފަހުން ދެ ތަރިން އެކުގައި "ޑޮން2" ން ފެނިގެން ދިޔަ ނަމަވެސް އެ ދެމީހުން އެކުގައި ފިލްމު ކުޅުމަކީ ގޯރީ ވަރަށް ރުޅިއަރައި ހިތަށް ތަދުވާ ކަމަކަށްވެ އެވެ.

ޓުވިންކަލްއަކީ އާދަޔާ ހިލާފަށް އަކްޝޭގެ ކޮންޓްރޯލް ގެންގުޅޭ މީހެއް ކަމަށްވެ އެވެ. ހާއްސަކޮށް ޕްރިޔަންކާގެ ކަންތަކުގައި ވަރަށް ސީރިއަސްވާއިރު އޭގެ ހަގީގަތެއް ނޭނގެ އެވެ.

މީގެ ކުރިން އަކްޝޭ އާއި ޕްރިޔަންކާ ކުޅުނު ފިލްމެއްގައި ގައިކޯޅި މަންޒަރެއް ނަގަން ޖެހޭތީ އަކްޝޭ އެ މަންޒަރު ނަގަން ޖެހުނީ ޓްވިންކަލް ސެޓަށް ގެންގޮސް ކުރިމަތީގައި ބައިންދައިގެން ކަމަށްވެ އެވެ.

މި ދެ ތަރިންގެ އަނބިންނާއި ޕްރިޔަންކާ އާއި ޖެހުނު މައްސަލައެއް ނުވަތަ އެމީހުންގެ ފިރިންނާއި އޮތީ ކޮން ގުޅުމެއް ކަމެއް ނޭނގެ އެވެ.

އެފަދަ މައްސަލައެއް މި ފަހުގެ ތަރިންތަކެއްގެ މެދުގައިވެސް އެބައޮތް ކަމަށްވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދީޕިކާ ޕަދުކޯން، ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ކެޓްރީނާ ކެއިފް އެވެ.

އެކަމަކު އެ ތަރިންގެ މެދުގައި ފިލްމު ކުޅުމުގައި ނުތަނަވަސް އޮތްކަން އެނގޭގޮތަށް ފާޅުގައި ކަމެއް ނުކުރާއިރު އެވާހަކަ ބުނެފައެއްވެސް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް