ސޯޝަލް މީޑިއާ ނެޓްވޯކް، ޓުވިޓާގެ އެކައުންޓު އަލުން އެކްޓިވް ކޮށްދިނަސް އެ ނެޓްވޯކަށް ޝައުގުވެރިކަން ނެތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕްގެ އެކައުންޓު ސަސްޕެންޑު ކުރީ އެމެރިކާ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހިނގި ހަމަނުޖެހުންތަކުގައި ގާނޫނު ހަދާ މަޖިލީސް ކައިރިއަށް ރިޕަބްލިކަލް ޕާޓީގެ ސަޕޯޓަރުން އެއްވެ މުޒާހަރާ ކުރަން ހިތްވަރު ލިބޭގޮތަށް ޓުވީޓު ކުރެއްވުމުންނެވެ. އެއީ 2020 ވަނަ އަހަރު އެވެ.
ޓްރަމްޕްގެ އެކައުންޓު އަލުން އެކްޓިވޭޓު ކޮށްދިނީ ޓުވިޓާ އަލަށް ގަތް ބިލިއަނަރު އީލޮން މަސްކް އެ ސަސްޕެންޝަންގެ މައްސަލަ އަލުން ބެލުމަށް ފަހު އެވެ. އޭނާ ދަނީ ސަސްޕެންޑުކޮށްފައިވާ މަޝްހޫރު ގިނަ މީހުންގެ އެކައުންޓުތައް އަލުން އެކްޓިވޭޓުކޮށްދެމުންނެވެ.
އެކްޓިވޭޓްކޮށްދޭ އެހެން މީހުން މަސްކަށް ޝުކުރު އަދާކޮށް އަލުން ޓުވިޓާ ބޭނުން ކުރަން ފެށިޔަސް ޓްރަމްސް ބުނެފައިވަނީ ފަސް އެނބުރި ބެލުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ. އަދި ޓުވިޓާ އާއި އަލުން ގުޅެން ބޭނުންވެސް ނުވާ ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ދެން ބޭނުންވަނީ އޭނާ އުފައްދަން މަސައްކަތް ކުރާ ސޯޝަލް މީޑިއާ ނެޓްވޯކް ކުރިއަރުވައި އެ ނެޓްވޯކުތެރެއިން ތެރެއިން ރައްޔިތުންނާއި ހަމައަށް ވާސިލް ވުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް