ގަތަރުގައި ރޭ ފެށި ވޯލްޑްކަޕް ފެށުމުގެ ރަސްމިއްޔާތު އިނގިރޭސިވިލާތުގެ ބީބީސީއަށް ލައިވްކޮށް ދައްކަން ނުކެރުމުން ފާޑުކިޔުން އަމާޒުވެއްޖެއެވެ.
އެ ރަސްމިއްޔާތު ބީބީސީ ވަން އިން ދައްކާފައެއް ނުވެއެވެ. އެވަގުތު ބީބީސީ ވަން އިން ދައްކަމުންދިޔައީ ވިމެންސް ސުޕަރ ލީގްގައި ޗެލްސީއާއި ޓޮޓެންހަމް ބައްދަލުކުރި މެޗެވެ. ބީބީސީގެ ސޯޝަލް މީޑިއާ ޓީމުން އެވަގުތާ ދިމާކޮށް ސޯޝަލް މީޑިއާއަށް ދޫކޮށްލީ 1982 ގެ ގޭ ގޭމްސް (އެއްޖިންސުން ގުޅުންހިންގާ މީހުންނަށް ހާއްސަ) ހަތަރު މިނެޓުގެ ފީޗަރ ވީޑިއޯއެކެވެ.
ވޯލްޑްކަޕް ފެށުމުގެ ރަސްމިއްޔާތު ބީބީސީއަށް ލައިވްކުރަން ނުކެރުމުން އެކަމަށް ފާޑުކިޔާފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ 2018 ގައި ރަޝިޔާގައި ވޯލްޑްކަޕް ބޭއްވި އިރު އެ ދުވަސްވަރަކީ ރަޝިޔާއިން ކްރިމިއާ ހިފައި، ޔޫކްރޭނަށް ހަމަލާދެމުންދިޔަ ދަނޑިވަޅެއް ކަމަށާއި ނަމަވެސް އަހަރުގެ ރަޝިޔާ ރަސްމިއްޔާތު ބީބީސީން ލައިވްކުރި ކަމަށެވެ.
https://twitter.com/FatimaBarkatula/status/1594363137419104261?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1594363137419104261%7Ctwgr%5E9e3e1958c79dd2c9a014774c1bc05cc8f94e62da%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.aljazeera.com%2Fsports%2F2022%2F11%2F20%2Fbbc-relegates-world-cup-opening-ceremony-to-online-coverage
މިފަދަ ފާޑުކިޔުންތަކަށް ރައްދުދެމުން ބީބީސީން ބުނެފައިވަނީ ބީބީސީ ވަން އިން އެ ރަސްމިއްޔާތު ނުދެއްކިނަމަވެސް ބީބީސީގެ އައިޕްލޭޔާއިން އެ އިވެންޓް ލައިވްކުރި ކަމަށެވެ. އަދި ބީބީސީ ސްޕޯޓްސް ވެބްސައިޓުންވެސް އިވެންޓް ވަގުތުން ގެނެސްދިންކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް